އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރާގު ޕޭ އެޕް މެދުވެރިކޮށް މިހާރު ކޭޝްއިން ކުރެވޭ!

ދިރާގު ޕޭ އެޕް މެދުވެރިކޮށް މިހާރު ކޭޝްއިން ކުރެވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 55 ސިކުންތު

ދިވެހި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނި، ދިރާގުގެ ޑިޖިޓަލް ވޮލެޓް ގެ ޚިދުމަތް ކަމަށްވާ ދިރާގު ޕޭ ޚިދުމަތް ބޭނުން ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުޕޭ ގެންގުޅުއްވާ ކަސްޓަމަރުންނަށް ފަސޭހަކަމާއިކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ކާރޑް އަދި ބޭންކް ޓްރާސްފަރސް މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ. މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝް އިން ކުރެއްވުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެއެވެ. 

ދިރާގު ޕޭ އަކީ ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ. 

ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުންވެސް މި ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗަރސް ތައް ވަނީ ދާދި ފަހުން ތަޢާރަފްކޮށްފައިއެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވޭނެއެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓަރ ކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެންވެސް އެޕުން ހޯދާލެވޭނެއެވެ. 

މީގެ އިތުރުން، ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއްވެސް ވަނީ ގާއިމު ކޮށްފިއެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް 3 އެން.އެފް.ސީ ކާޑު ނުވަތަ ސްޓިކަރ ރަޖިސްޓަރ ކޮށް ގުޅުވާ ލެވޭނެއެވެ. އަދި ހަމަ އެއާއި އެކު ކޮންމެ ކާޑަކަށްވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާއިއެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެއެވެ.

މިހާރު ދިރާގުޕޭ ގެ ޙިދުމަތް ދިރާގު ކަސްޓަމަރުންނާ އެއްފަދައިން އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ބޭނުން ކުރެވޭނެއެވެ. ދިރާގުޕޭ ގެ ޚިދުމަތަށް ހޯއްދެވުމަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައިވާ ދިރާގުގެ ކަސްޓަމަރ ސާރވިސް އޮފީހަކަށް ޒިޔާރަތް ކުރުމަށްފަހު ދިރާގު ޕޭގެ ޚިދުމަތަށް ރެޖިސްޓަރ ކުރެވޭނެއެވެ. 

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު