އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަންހެނުން ރޭޕްކޮށް ކުދިން ވިއްސައި ވިއްކާ "ކާރުޚާނާއެއް" އަތުލައިގެންފި

އަންހެނުން ރޭޕްކޮށް ކުދިން ވިއްސައި ވިއްކާ "ކާރުޚާނާއެއް" އަތުލައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

އަންހެނުން ރޭޕްކޮށް ކުދިން ވިއްސައި ވިއްކާ "ކާރުޚާނާއެއް" ނައިޖީރިއާގެ ފުލުހުން  އަތުލައިގެންފި އެވެ. 

ފުލުހުން ބުނީ އެތަނަށް އަންހެނުން ކުދިން ގެންދަނީ ގަދަކަމުން ކަމަށާއި ގެންދިއުމަށްފަހު ރޭޕްކޮށް ބަލިވެބައިންދައި ހަމަ އެތަނުގައި ދަރިން ވިއްސައި ވިއްކަނީ ކަމަށެވެ. ފިރިހެން ކުއްޖަކު ވިއްކަނީ 1000 ޕައުންޑަށް ކަމަށާއި އަންހެން ކުއްޖަކު ވިއްކަނީ 700 ޕައުންޑަށް ކަމަށެވެ. 

ފުލުހުން ބުނީ މިކަމަށް ހިންގި އޮޕަރޭޝަނުގައި އުމުރުން 15 އަހަރާއި 28 އަހަރާއި ދެމެދުގެ މާބަނޑު 19 އަންހެނަކު މިނިވަންކުރެވުނު ކަމަށެވެ. އަދި މި މައްސލަ އާއި ގުޅިގެން 2 އަންހެނަކު ހައްޔަރުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

"ގިނަ އަނހެން ކުދިން ގެންގޮސްފަ ތިބީ ގަދަކަމުން. ވަގަށް ނަގައިގެން. ވަޒީފާ ދޭނެ ކަމަށްބުނެ ވެސް ބައެއް ކުދިން ގެންގޮސްފަ ތިބި. ބަނޑަށް 7 މަހުގަ ގަދަކަމުން ވިއްސާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފަ." ކަމަށް ފުލުހުން ބުނެފައިވެއެވެ. 

މިއީ ނައިޖީރިއާ އިން އަތުލައިގަނެވުނު މިފަދަ 4 ވަނަ ތަނެވެ.

އާރޓިކަލް ރޭޓްކުރައްވާ


29%
ވ.ރަނގަޅު
15%
ރަނގަޅު
20%
އޯކޭ
35%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް