އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެންމެ ބޮޑެތި މުސާރަތައް ލިބޭ ރިޒޯޓުތަކުގަ ކުނިކަހަންވެސް ދިވެހިން ކަމުނުދަނީތޯ؟

އެންމެ ބޮޑެތި މުސާރަތައް ލިބޭ ރިޒޯޓުތަކުގަ ކުނިކަހަންވެސް ދިވެހިން ކަމުނުދަނީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 48 ސިކުންތު

ސަރވިސްޗާޖާއިއެކު މަހަކު 30000 ރުފިޔާ މުސާރައާއި އިނާޔަތް ލިބޭ ރިޒޯޓުތަކުގައި ކުނިކެހުމަށާއި ބަގީ ޑްރައިވަރުންނަށް ވެސް ބިދޭސީން ގެންގުޅެއެވެ. ސުވާލަކީ އެކަންކަން ކޮށްލަންވެސް ދިވެހިން ހަމަ ކަމުނުދަނީތޯއެވެ؟ މަހަކު 30000 ރުފިޔާ ދިނުމުންވެސް ދިވެހިން ހަމަ ވަޒީފާތަކަށް ނުދަނީތޯއެވެ؟  

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މިފަދަ ވަޒީފާތައްވެސް ދިވެހިންނަށް ނުދީ ބޭރު މީހުން ގެންގުޅެމުންދާކަން ފާހަގަކޮށް އެކަމުގެ ޝަކުވާތައް އަބަދުވެސް ދިވެހިން ދަނީ ކުރަމުންނެވެ. ކޮންމެ ސަރުކާރަކުންވެސް އެކަންކަން ބަލާނެ ކަމަށް ބުނި ނަމަވެސް މިއަދާއިހަމައަށްވެސް އެ މައްސަލައަށް ހައްލެއް ހޯދިފައި ނެތްކަން ދިވެހި ޒުވާނުން އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ.  

ރިޒޯޓުތައް ކުނިކެހުމުގެ މަސައްކަތް ކޮންޓްރެކްޓަށް ދިނުމުން ކޮންޓްރެކްޓް ހަވާލުވާ ފަރާތުން އެރިޒޯޓަށް ބަންގާޅީން ގެންގޮސް މަސައްކަތް ކުރުވުމުން އެއީ އެރިޒޯޓުގައި މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ މީހުންގެ ގޮތުގައި ނުބެލެނީ ކީއްވެގެންތޯއެވެ؟ އެގޮތަށް އެކަން ނުބެލެނީ އެމީހުން މަސައްކަތް އެކުރަނީ އެ ރިޒޯޓުގައި ކަމަށް ނުވާތީތޯއެވެ؟  

އެންމެ މަތީ މަޤާމުތައް ދިވެހިންނަށް ހޯދައިދިނުމަށް މިއަދުގެ ސަރުކާރުން މަސައްކަތްކުރާ ފަދައިން މިފަދައިން ހުރި މައްސަލަތައް ބަލައި ފަސްތަރި އަދި އެނޫންވެސް ރިޒޯޓުތަކުގައި ހުރި މިފަދަ ވަޒީފާތައް ދިވެހިންނަށް ހޯދައިދޭން މަސައްކަތްކުރާނަމަ ފަތުރުވެރިކަމުގެ ސިނާއަތުން ރާއްޖެއިން ބޭރުވަމުންދާ އެތައް މިލިއަން ޑޮލަރެއް ރާއްޖޭގައި ހިފެހެއްޓޭނެކަން އެމްއެމްއޭ އިން ވެސް ގެންދަނީ ފާހަގަކުރަމުންނެވެ.  

ދާދިފަހުން އަޑޫސިޓީގައި ހިންގާ ޝަންގްރިއްލާ ރިޒޯޓުން ދިވެހިންނަށް ވަޒީފާ ލިބުމުގެ ފުރުޞަތު ކުޑަކަން ފާހަގަކުރުމުން ކުށްވެރިވީ އެރިޒޯޓު މާލެއާއި ދުރުގައި އޮތްކަމެވެ. އެހެންކަމުން ކަންކަން ވަމުން މިދާ ގޮތް މިހާރަށްވުރެ ރަނގަޅަށް ބެލުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
50%
ރަނގަޅު
25%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް