އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަހަރެމެން މިތިބީ ހަމައެކަނި ﷲ އަށް އީމާންވެގެން - ޤައުމުގެ މިނިވަންކަމަށްޓަކާ އެންމެ ފަހު މީހާ އާ ހަމައަށް ހަނގުރާމަކުރާނަން!: އިމްރާން ޚާން

އަހަރެމެން މިތިބީ ހަމައެކަނި ﷲ އަށް އީމާންވެގެން - ޤައުމުގެ މިނިވަންކަމަށްޓަކާ އެންމެ ފަހު މީހާ އާ ހަމައަށް ހަނގުރާމަކުރާނަން!: އިމްރާން ޚާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

"އޭ އދ.! އަހަރެން މިތަނަށް އައިސް މިހިރީ މިވާހަކަ ދައްކަން! މިއީ އދ. އެ އދ އަކުން ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ މިނިވަންކަން މަތީގަ، އެމީހުންގެ ޙައްޤުތައް ޙިމާޔަތްކޮށްގެން ދެމިތިބެވޭނެ ކަމުގެ ގަރަންޓީ ދިން އދ. މިއަދު އެމީހުން ނިކަމެތިވެ ހާލުގައި ޖެހިފައި އެވަނީ އެކަމުގެ (އދ އިން ދިން ގަރަންޓީގެ) ސަބަބުން. މިއީ 1939 ވަނަ އަހަރު ފަދަ ވަގުތެއް ނޫން! މިއީ ފިޔަވަޅު އަޅަން ޖެހޭ ވަގުތު.  

އެންމެ ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ އިންޑިއާއިން އިންސާނިއްޔަތާ ދެކޮޅަށް ކަޝްމީރުގައި ހިންގާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު (ކާފިޔު ނިމުމަކަށް ގެނައުން. މިހާރުވެސް 55 ދުވަސް ވެއްޖެ. އެކަން ހުއްޓުވެން ޖެހޭނެ. ކަޝްމީރުގެ ރައްޔިތުންނަށް މިނިވަންކަމާއިއެކު ދިރިއުޅެވޭނެ ގޮތް ހަދައިދޭން ޖެހޭނެ!  

ސިޔާސީ ހައްޔަރީންނާ އިންޑިއާއިން ހައްޔަރުކޮށްފައިވާ 13000 ޒުވާނުން މިނިވަން ކުރެވެން ޖެހޭނެ. އެމީހުން ގެއްލުވައިލީ ކަމެއް، އެމީހުންނަށް ވީގޮތެއްވެސް ނޭނގެ."

އިމްރާން ޚާން  

ޕާކިސްތާނުގެ މުސްލިމުން ތިބީ ﷲ ތައާލާއަށް އީމާންވެގެން ކަމަށާއި ﷲ ތަޢާލާ ނޫން ކަލަކު ވޮޑިގެންވާ ކަމަށް ޤަބޫލުނުކޮށް ޝަހާދަތުގެ މަތީގައި ކަމަށާއި ޤައުމުގެ މިނިވަންކަމަށްޓަކާ އެންމެ ފަހު މީހާ އާއި ހަމައަށް ހަނގުރާމްކުރާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.  

އދގައި ތަޤްރީރުކުރައްވަމުން އިމްރާން ޚާން ވިދާޅުވީ ޖެހިގެން އޮތީ ޕާކިސްތާނަށްވުރެ 7 ގުނަ ބޮޑު ކަމެއް ކަމަށާއި މިހާރު ޕާކިސްތާނަށް އޮތީ އަމާންދީ އަޅުވެތިވުން، ނޫނީ ޤައުމުގެ މިނިވަންކަމަށްޓަކައި ހަނގުރާމަކުރުން ކަމަށެވެ.  

އިމްރާން ޚާން ވިދާޅުވީ އިންޑިއާއަކީ ވެސް ނިޔުކްލިއަ ބާރެއް ކަމަށާއި ނިޔްކްލިއަރ ބާރު ހުރި ޤައުމަކާއި ހަނގުރާމައެއް ކުރަން ޖެހިއްޖެ ނަމަ އެކަމުގެ އަސަރު ޕާކިސްތާނުގެ އިތުރުން މުޅި ދުނިޔެއަށް ކުރާނެ ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


14%
ވ.ރަނގަޅު
20%
ރަނގަޅު
37%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް