އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމް ދީނާ އިދިކޮޅު ޕޭޖްތައް ފޮލޯކުރާ އެންމެންނަކީ އިސްލާމް ދީނާ ދެކޮޅު މީހުންނެއް ނޫން!

އިސްލާމް ދީނާ އިދިކޮޅު ޕޭޖްތައް ފޮލޯކުރާ އެންމެންނަކީ އިސްލާމް ދީނާ ދެކޮޅު މީހުންނެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އިސްލާމް ދީނާ ދެކޮޅުވެގެން އުޅޭ ބައެއް ދިވެހިން ހިންގާ ފޭސްބުކް ޕޭޖްތައް ފޮލޯ ކުރާ މީހުންގެ އަދަދަށްބަލައި ބައެއް މީހުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.  

އެފަދަ ޕޭޖްތައް ފޮލޯކުރާ އެންމެންނަކީ އެ ޕޭޖުގައި ލިޔާ ލިޔުންތަކަށް ނުވަތަ ޝާއިޢުކޮށްގެން ފޮލޯކުރާ މީހުންނެއް ނޫނެވެ. އިއްޔެ ބޮލޮކްކުރި ޕޭޖް ފޮލޯކުރަމުން އައި ބައެއް މީހުން ޕޭޖް ފޮލޯކުރީ ޕޭޖެނަމަކަށް "ޖުހާ" އިނުމުން ޖުހާގެ ވާހަކަތައް ގެނެސްދޭ ޕޭޖެއް ކަމަށް ހީކޮށެވެ. އަނެއް ބައަކު ފޮލޯ ކުރީ އެނގި ތިބެ އެޕޭޖުގައި ކުރާ ކަންކަން ބެލުމަށެވެ.  

އެ ޕޭޖް ފޮލޯކޮށްގެން ތިބި ބައެއް މީހުންނަކީ ވަރަށް ފުރިހަމައަށް އިސްލާމް ދީނަށް އަމަލުކުރާ އަދި އިސްލާމް ދީން މަތިވެރިކުރަން މަސައްކަތްކުރާ މީހުންކަން މިއަދުނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ. އެނޫން ވެސް އެފަދަ ބައެއް ޕޭޖްތައް މިދެންނެވިފަދައިން މީހުން ގެންދަނީ ފޮލޯކުރަމުންނެވެ.  

ނަމަވެސް މިއީ ވަރަށް ނުރައްކައުތެތިކަމެކެވެ. ފުރިހަމައަށް އިސްލާމް ދީން ނުއެނގޭ މީހަކަށް މިފަދަ ޕޭޖަކުން ލިބޭ މައުލޫމާތެއްގެ ސަބަބުން ކޮށްފާނެ ނުރަނގަޅު އަސަރުގެ ބޮޑުކަން ދީނީ ޢިލްމުވެރިން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. ޝައިޚް ޝަފީޢު ޢަބްދުﷲ ވަނީ އެފަދަ ޕޭޖްތައް ނުބެލުމަށާއި ފޮލޯ ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


75%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް