އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފުރަތަމަ ޑިވިޜަންގެ ދެޓީމެއްގެ ކޯޗުން އިސްތިއުފާދީފި

ފުރަތަމަ ޑިވިޜަންގެ ދެޓީމެއްގެ ކޯޗުން އިސްތިއުފާދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 44 ސިކުންތު

 

ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ ދެޓީމެއްގެ ކޯޗުން އިސްތިއުފާދީފިއެވެ.

އެގޮތުން އިސްތިއުފާދީފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި ވިކްޓަރީގެ ކޯޗު މުހައްމަދު އާދަމްއެވެ.

އެ ދެ ކޯޗުންވެސް އެޓީމުތަކާއި ހަވާލުވިތާ ފަސްވަރަކަށް މަސްވެފައިވާ އިރު، އިސްތިއުފާދީފައިވަނީ ދިމާވެފައި އޮތް މާލީ މައްސަލަތަކާއި ކުލަބުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުގެ ސަބަބުންކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޤައުމީ އަންހެން އަދި ފިރިހެން ޓީމަށާއި ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށްވެސް ކޯޗުކަންކޮށްދީ، ކާމިޔާބީތަކެއްވެސް ހޯދާފައިވާ ކޯޗު އާތީ ޓީސީ އާހަވާލުވެ، ޓީސީއަށް ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ގެނެސް މިފަހަރުގެ ސީޒަނާއި ކުރިމަތިލި އިރު އޭނާ ވަނީ ޓީސީއަށް ޗެރިޓީ ޝީލްޑް ހޯދައިދީފައެވެ.

އެހެންނަމަވެސް އާތީ ޓީސީން އިސްތިއުފާ ދިނީ ކުޅުންތެރިންގެ ކަނބޮޑުވުންތަކެއް ހުރުމުން، ކުޅުމަށް އޭގެ އަސަރުކުރުމާއި ކުޅުންތެރިންގެ ޝަކުވާތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުރެވުނު މަސައްކަތް ނާކާމިބުވެފައިވާ ކަމަށް ބުނެއެވެ. އަދި އެކި ފަހަރުމަތިން ޓީސީގެ އިސްވެރިންނާ މަޝްވަރާކޮށްގެންވެސް އެދެވިގެންވާ ޙައްލެއް ނުލިބުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

އެނގިފައިވާ ގޮތުގައި ޓީސީގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ކުޅުންތެރިންނަށް މުސާރަ ނުދެވޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެ ޓީމުން ވަނީ ކުޅުންތެރިންނާ ބައްދަލުކޮށް ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިންނަށް އެ ފުރުސަތު ދޭނެ ކަމަށްވެސް އަންގާފައެވެ.

ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ޓީމާއި ގުޅި ވިކްޓަރީގެ ޒުވާން ޓީމު ގޮވައިގެން މުހައްމަދު އާދަމް ނުކުތީ ގިނަ ގޮންޖެހުންތަކަކާ އެކުއެވެ. އަދި ފުރަތަމަ ޑިވިޜަނަށް މުޅިން އައު ކުޅުންތެރިންތަކަކާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭތޯ އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

ނަމަވެސް ޓީމުގެ މެނޭޖްމެންޓުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ވާހަކައާއި މެނޭޖްމެންޓުގެ އެއްވެސް ފަރާތަކާ ބައްދަލު ނުކުރެވި، ކޮށްދޭން ބުނި އެއްކަމެއްވެސް ނުކޮށްދޭ ކަމަށް އޭނާ މުހައްމަދު އާދަމް އައީ ބުނަމުންނެވެ.

އެހެންކަމުން މުހައްމަދު އާދަމްވެސް މިވަނީ އިސްތިއުފާ ދީފައެވެ.

ކުލަބުތަކުގެ މާލީ ހާލަތު ގޯސްވެ ކުޅުންތެރިންނަށް ދޭ މުސާރަ ނުދެވޭ މައްސަލަ އަނެއްކާވެސް ފެންމަތިވެފައިވާ އިރު، ސަރުކާރުން ދޭން ވައުދުވި ފައިސާއެއް ކުލަބުތަކަށް ލިބިފައިނުވާކަމަށް ކުލަބުތަކުން ބުނެއެވެ.

އެހެން ކަމުން ޓީމުތައް ހިންގަނީ އެފްއޭއެމުން ލިބިފައިވާ ކުޑަ ބަޖެޓެއްގައިކަންވެސް ކުލަބުތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް