އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރީގެ ނާކާމިޔާބީ އަކީ ޖޭޕީގެ ކުރިމަގަށް އޮތް ކާމިޔާބީއެއް: ޤާސިމް

ކުރީގެ ނާކާމިޔާބީ އަކީ ޖޭޕީގެ ކުރިމަގަށް އޮތް ކާމިޔާބީއެއް: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 43 ސިކުންތު

މިހައިތަނަށް ޖޭޕީއަށް ކުރިމަތިވެފައިވާ ނާކާމިޔާބީއަކީ ޕާޓީގެ ކުރިމަގަށް އޮތް ކާމިޔާބީއެއް ކަމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ބައެއް ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގަތުމަށް މިރޭ ޕާޓީގެ މައި މަރުކަޒް، މ. ކުނޫޒްގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނުއޮންނާނެ ކަމަށާއި ޙާލަތާއި ކަންކަން ދާނީ ބަދަލުވަމުން ކަމަށެވެ. މިހާރު ވެސް ޖޭޕީއަކީ ރާއްޖޭގެ 3 ވަނަ ޕާޓީ ކަމަށާއި އެހެންކަމުން 2ވަނަ ނުވަތަ 1 ވަނަ ވެސް ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. 

ރައްޔިތުންގެ ޚިދުމަތުގައި ޖޭޕީއަކީ އަބަދުވެސް ކުރިއަށް ދާން މަސައްކަތްކުރާނެ ޕާޓީއެއްކަން ހާމަކުރައްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓަކު ވާދަކުރާނެ ކަމަށެވެ. ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެންބަރުން އެއްބަސްވާ ގޮތަކަށް ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ފާއިތުވި 900 ވަރަކަށް އަހަރު އިސްލާމް ދީން މަތީގައި ރާއްޖެ އޮތީތީ އަދި މިއަދުވެސް އެގޮތަށް އެކަން އޮތީތީ މީހަކު ކަންބޮޑުވެގެން އުޅޭތަން ކަމަށެވެ. "އެބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ރައީސް މުޙައްމަދު ނަޝީދު. އަޅުގަނޑު ހިތަށް އަރާ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާ ރައްޔިތުންނަށް އިޚްލާޞްތެރިވުމަށް މާތް ﷲ ގަންދީ ހުވާ ކުރައްވައިގެން ހުންނަވައި އެމަނިކުފާނު މިއަދު އެ ދައްކަވަމުން ގެންދަވާ ވާހަކަފުޅުތައް އެމަނިކުފާނަށް އެނގިވަޑައިގަންންވާބާވައޭ. މިއަދި އެކި އަރިއަރި މައްޗަށް ލައްވައިގެން ބޯޅަ ޖައްސަވަމުން އެ ގެންދަވަނީ ބައިކޮޅަށް. އެހެން ތަނަކަށް ނޫން."

ޤާސިމް އިބްރާހީމް ވިދާޅުވީ މި ޤައުމުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދި ފިތުނަ ފަސާދަ އިތުރުވެގެންދާނެ ވާހަކަތައް ދެއްކުމުގެ ފުރުޞަތު ހަމަ އެކަކަށްވެސް ނެތް ކަމަށެވެ. ޤައުމު ބައިބައިވެގެން ދިއުމުން އެކަމުން ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ. ޒުވާނުންނާއި ކުޑަކުދިންނަކީ ޤައުމުގެ އެންމެ އަގު ބޮޑު ރައުސުލްމާލު ކަމަށްވާއިރު ޒުވާނުންނާ ކުޑަކުދިން ބައިވެރިވާ ބައްދަލުވުންތަކުގައި ރައީސް ނަޝީދު ގެންދަވަނީ ބޮޑެތި ދޮގުތައް ހައްދަވަމުން ކަމަށެވެ. "އަޅުގަނޑު ޤަބޫލުކުރަނީ ދޮގުހަދައި އޮޅުވާލުމަކީ ހަމައެކަކުވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް. ހުރިހާ ހުވައެއްގައިވެސް އިސްލާމް ދީނަށާއި ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމުގެ ވާހަކަ އޮންނާނެ."

"އެހެން ދީންތަކަށް ފުރުޞަތު ދީ އަނެއް ދިވެހިރާއްޖެއަށް ގެންދަން ފުރުޞަތު ދޭ ގޮތަކަށް ނޫން ޖުމްހޫރީ ޕާޓީ އޮތީއަކީ."

ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޚިލާފަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެއްވެސް ކަމެއް ކުރައްވާތަން ފެނިވަޑައި ނުގަންނަވާ ކަމަށާއި އެހެންކަމުން ޤައުމުގެ ޞުލްހަމަސްލަޙަތާއި އަމާންކަން ނަގައިލަން އެއްވެސް ބައަކު މަސައްކަތް ކުރަން އެދިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެފަދަ ކަމެއް އެއްވެސް މީހަކު ކޮށްގެން ނުވާނެ ކަމަށެވެ. "ހިތާމައަކީ އެމްޑީޕީން ބިލްތައް މަޖިލީހަށް ހުށަހެޅުމަށްފަހު ސަރުކާރާއި މަޝްވަރާ ކުރުމުގެ ނަމުގައި ފާޑުފާޑުގެ ވާހަކަތައް މީޑިއާތަކުގަ ޢާންމުކުރާކަން." 

ޤާސިމް އިބްރާހީމް ވިދާޅުވީ އިންވެސްޓަރުންގެ އިތުބާރު ގެއްލި ދުވަސްތަކެއް ފާއިތުވުމަށްފަހު އައު ސަރުކާރެއް އައިސް 10 ވަރަކަށް މަސް ފާއިތުވިތަނުން ޤަުމުގައި މައްސލަތަކެއް އުފެދިއްޖެ ނަމަ އިޤްޠިޞާދީ ޤައުމު ވެއްޓޭނީ ވަރަށް ބޮޑު ވަޅުގަނޑަކަށް ކަމަށެވެ. އަހަރުން އަހަރަށް އާބާދީ ގިނަވެ ރައްޔިތުންގެ ބޭނުންތައް އިތުރުވަމުން އަންނައިރު އެ ބޭނުންތައް ފުއްދައިދޭން ސަރުކާރަށް ހުރަސް އެޅޭނެ ގޮތަށް އެއްވެސް ބައަކު ކަންތައްތައް ކޮށްގެން ނުވާނެ ކަމަށެވެ.

މިރޭ ވެސް ޤާސިމް އިބްރާހީމް ވިދާޅުވީ މި 5 އަހަރު ޖޭޕީ ދެމި އޮންނާނީ ރައީސް އިބްރާހީމް ޞާލިޙާއިއެކުގައި ކަމަށެވެ. އެމަނިކުފާނާއި ދިމާކުރަން ކުރިމަތިލާ ކޮންމެ ފަރާތަކާއި ޖޭޕީން ކުރިމަތިލާނެ ކަމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް