އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޑާކްރެއިންގެ ވިދުމަށް ތޭރަ އަހަރު! އެތައް އެވޯޑަކާއެކު އަދިވެސް ކުރިއަށް!

ޑާކްރެއިންގެ ވިދުމަށް ތޭރަ އަހަރު! އެތައް އެވޯޑަކާއެކު އަދިވެސް ކުރިއަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީގައި ކާމިޔާބު އެތައް ފިލްމެއް އުފައްދާފައިވާ އެއްބަޔަކީ ޑާކްރެއިން އެންޓާޓެއިންމެންޓޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. އެކަމުގެ އެއް ހެއްކަކީ، އެކުންފުނިން ހާސިލް ކޮށްފައިވާ ގިނަ އެވޯޑުތަކެވެ.

ޑާކްރެއިން އެންޓާޓެއިންމެންޓް ވުޖޫދަށް އައިސް، ދިވެހި ސިނަމާތަކުގައި ވިދާލަން ފެށިތާ އިއްޔެ 13 އަހަރު ފުރިފައިވާއިރު، އެޕްރޮޑަކްޝަނުން މިހާތަނަށް 52 އެވޯޑު ހާސިލް ކޮށްފައިވެއެވެ.

ޝައްކެއް ނެތް ގޮތުގައި، ދިވެހި ފިލްމު އިންޑަސްޓްރީ މިހާރު މިވަނީ ކުރިއަށްވުރެ ވަރަށް ބޮޑުތަނުން ކުރިއަރާފައެވެ. މިއީ އެއްވެސް ހާލެއްގައި ކުރީގެ ފިލްމުތަކަށް ބުނާ ދެރަބަހެއް ނޫނެވެ. އެކަމަކު އެހާރަށްވުރެ މިހާރުގެ ފިލްމުތައް ސަޅިވެފައި، އެފިލްމުތަކުން ބެލުންތެރިންނަށްދޭ މެސެޖުތައް ވެސް ފުރިހަމައެވެ. އެގޮތުން ތަފާތު އެތައް ފިލްމުތަކެއް އުފެއްދި އެއް ފިލްމު ކުންފުންޏަކީ ވެސް ޑާކްރެއިން އެންޓާޓެއިންމެންޓެވެ.

ޑާކްރެއިން ފާހަގަވެފައި މިވަނީ ހަމައެކަނި އެންމެ ގިނަ އެވޯޑު ހޯދި ފިލްމު ކުންފުނީގެ ގޮތުގައި އެކަންޏެއް ނޫނެވެ. މިހާތަނަށް އެންމެ ގިނަ ފިލްމު އުފެއްދި ސްޓޫޑިއޯގެ އިތުރުން ޑާކްރެއިނުން ވަނީ ފިލްމީ ދާއިރާއަށް ވަރަށް ގިނަ އައު ތަރިންވެސް ތަޢާރަފްކޮށްދީ، އެމީހުންގެ ހުނަރުވެސް ދައްކާލުމަށް ފުރުސަތުތަކެއް ދީފައެވެ.

ޑާކްރެއިން އެންޓާޓެއިންމެންޓް އެންމެ ފުރަތަމަ ފެށިގެން އައީ 2006 ވަނަ އަހަރުއެވެ. އެސްޓޫޑިއޯއިން މިހާތަނަށް އަށް ޓީވީ ސީރީޒަކާއި ހަތަރު ކުރު ފިލްމުގެ އިތުރުން 12 ފީޗަރ ފިލްމު ވެސް އުފައްދާފައިވެއެވެ. އެގޮތުން ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޑާކްރެއިންގެ ބައެއް ފިލްމުތަކަކީ، "މިއީ ލޯތްބަކީ"، "ވާށޭ މަށާ އެކީ.."، "ޒަހަރު"، "ދިން ވެނުގެ ހިތާމައިގާ"، "ވަކިން ލޯބިން"، "ހުޅުދާން"، "ގޮށްރާޅު" އަދި މިދިޔަ ޖުލައި މަހު ރިލީޒްކުރި ކޮމެޑީ ފިލްމު "މާމުއި" އެވެ.

ޑާކްރެއިނުން އުފައްދާފައިވާ ބައެއް ޓެލެޑްރާމާތަކުގެ ތެރޭގައި "ދަފަރާ"، "ރޭފަނާ"، "ނާމާން"، "އެފްބީއައި"، "ޔާސިމް" އަދި "އިންތިހާ" ވެސް ހިމެނެއެވެ.

ތަފާތު އެކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް ޑާކްރެއިނުން އުފައްދާފައި ހުރި ފިލްމުތައް ވަނީ ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފިލްމު ފެސްޓިވަލްތަކާއި ޤައުމީ ފިލްމު އެވޯޑްތަކުގައި ބައިވެރިކޮށް، ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ.

ޑާކްރެއިންގެ އުމުރު ފުރާވަރަށް އެރި ނަމަވެސް، އެސްޓޫޑިއޯއިން ދެންވެސް އުފައްދާނެ ފިލްމުތަކާއި ޑްރާމާތަކަކީ، ގިނަ ބެލުންތެރިންގެ މެދުގައި ނުހަނު މަގުބޫލުކަމެއް ލިބިގެންދާނެ އުފެއްދުންތަކެއް ކަމާމެދު ޝައްކެއްނެތެވެ.


އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ