އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ ތައުލީމުގެ މަރުހަލާގަ އިސްލާމް ދީން ކިޔަވައިދޭން ޢިލްމުވެރިން ކުރައްވާފައިވާ އާދޭސްތައް ސަރުކާރުން ޤަބޫލު ނުކުރުމަކީ ކުށެއް ނޫންތޯ؟

މަތީ ތައުލީމުގެ މަރުހަލާގަ އިސްލާމް ދީން ކިޔަވައިދޭން ޢިލްމުވެރިން ކުރައްވާފައިވާ އާދޭސްތައް ސަރުކާރުން ޤަބޫލު ނުކުރުމަކީ ކުށެއް ނޫންތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އިސްލާމިކް މިނިސްޓްރީން ބާއްވާފައިވާ ދީނީ އިލްމުވެރިންގެ މަހާސިންތާތަކުގެ ނިންމުންތައް ބައްލަވާށެވެ! ޔައުމިއްޔާތައް ބައްލަވާށެވެ! ރާއްޖޭގެ ޔުނިވަރސިޓީތަކުގައި މަތީ ތައުލީމް ޙާޞިލުކުރާ ދަރިވަރުންނަށް އިސްލާމް ދީނުގެ ޞައްޙަ މައުލޫމާތު އުނގަންނައިދިނުން އެދިވަޑައިގެން ދީނީ ޢިލްމުވެރިން ކުރައްވާފައިވާ އާދޭސްތައް ފެނިވަޑައިގަންނަވާށެވެ! އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނިންމަވާފައިވާކަން ފެނިވަޑައިގަންނަވާނެއެވެ. އެނިންމެވުން ޤަރާރެއްގެ ގޮތުގައި ފާސްކުރައްވާފައިވާކަން އެނގިވަޑައިގަންނަވާނެއެވެ. 

3،4 އަހަރު ފާއިތުވެގެން ދިއައީއެވެ. އަމަލީ ސިފައެއް ނުގެނެއެވެ. 

ގްރޭޑް 12 ނިންމާ ދަރިވަރުންގެ ތެރެއިން ފުރިހަމައަށް ނަމާދުކުރަން އެނގެނީ ކިތައް ދަރިވަރުންނަށްއެވެ؟ ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގެނީ ކިތައް ދަރިވަރުންނަށްތޯއެވެ؟ އީމާން ކަމާއި އިސްލާމް ކަމުގެ ރުކުންތައް ހަމައަށް އެނގެނީ ކިތައް ދަރިވަރުންނަށްތޯއެވެ؟ 

ކަންކަން މިހާލުގައި ހުރިއިރު މަތީ ތައުލިމުގެ ފުރުޞަތު ބޭނުން ނުކުރުމުން ކުށްވެރިކުރާއިރު މިކަންކަމާއިމެދު ވިސްނައިލުން ކީއްތޯއެވެ! މިކަންކަން ހިމަނައިގެން މަތީ ތައުލީމް ދެވި މުއައްސަސާތަކުން ކުދިން ނުކުންނަމުންދާނަމަ މިއަދު އުފެދިގެން މިއުޅޭ އެއްވެސް މައްސަލައެއް ކުރިމަތިވެގެން އުޅެން ޖެހޭނެބާވައެވެ! އަބަދުވެސް އިވެނީ މަންހަޖު އިޞްލާޙް ކުރުމުގެ ވާހަކައެވެ. ބަޔާން މިކުރި ކަންކަން ދަރިވަރުންނަށް އުނގަންނައި ދޭން ނެތް މަންހަޖަކަށް ރާއްޖޭގައި ދުވަހަކުވެސް ކިޔަވައިދީފިބާވައެވެ! ވީއިރު މިކިޔެނީ ކީކޭ ބާވައެވެ! 

ކަންކަން އިޞްލާޙް ކުރުމުގެ ނަމުގައި މިދެކެވޭ ވާހަކަތަކުގެ މަޤްޞަދާއި މެދު ރައްޔިތުން ސުވާލު އުފައްދަމުން ގެންދަނީ މިފަދަ މައްސަލަތައް ހުރުމުންނެވެ. މިފަދަ ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ! 

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
33%
ރަނގަޅު
0%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަހުމަދު