އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޤައުމަށް ފައިދާހުރި ގޮތުގަ ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރަން ޤާސިމް ގޮވާލައްވައިފި

ޤައުމަށް ފައިދާހުރި ގޮތުގަ ކަންކަން އިޞްލާޙްކުރަން މަސައްކަތް ކުރަން ޤާސިމް ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

ޤައުމުގެ ކަންކަން އިޞްލާޙްކުރަން ބޭނުން ނަމަ އިޞްލާޙްކުރަން ޖެހިފައިވާ ކަންކަން އިޞްލާޙްކުރުމަށްޓަކައި ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ. 

ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ސިފައިންނާއި ފުލުހުންނަކީ ޤައުމީ ސަލާމަތަށާއި ރައްޔިތުންނަށް އަމަން އަމާންކަން ހޯދައި ދިނުމަށް އަބަދުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ބައެއް ކަމަށާއި ފުލުހުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭނެ ކަމަށެވެ.  "ޤައުމުގައި ސަލާމަތާއި ހަމަޖެހުން ބިނާވެފައި އޮންނަނީ ސިފައިންނާއި ފުލުހުން ކުރާ ބުރަ މަސައްކަތްތަކުގެ މައްޗަށް އަދި ޖޫޑިޝަރީގަ އޮންނަ މިނިވަން ކަމުގެ މައްޗަށް." 

ޤާސިމް އިބްރާހީމް ވިދާޅުވީ ފުލުހުންނަކީ ޤާނޫނީ ގޮތުން މިނިވަން ބައެއް ނަމަވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ފުލުހުންގެ އިސްވެރިންނަށް ބާރާއި ނުފޫޒު ފޯރުވައިގެން އަބަދުވެސް އަންނަނީ ކަންކަން ކުރުވަމުން ކަމަށެވެ. އެކަންކަން ޢާންމު ރައްޔިތު މީހާއަށް ނުއެނގިދާނެ ކަމަށެވެ. އެގޮތަށް ކުރުވާފައި ހުންނަ ކަންކަމުގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމްވާ ގޮތަށް ވާހަކަތައް ދައްކައިގެން ކަންކަން އިޞްލާޙް ނުކުރެވޭނެ ކަމަށެވެ. "ކޮންމެ މީހަކީވެސް އަނބިދަރިންނާއި މައިން ބަފައިން ގޮވައިގެން ޢާއިލީ ދިރިއުޅުމެއް އުޅޭ މީހެއް. ވީމާ ސަރުކާރުން ކަންކަން މަޖުބޫރު ކުރުވީމާ އެންމެ ރަނގަޅު ނޫން ގޮތަށް ހިނގާފަ ހުރި ކަންކަން ހުރެދާނެ. ވީމާ މަސައްކަތްކުރަންވީ އެކަންކަން ބަލައި އިޞްލާޙުކުރަން ޖެހޭ ކަންކަން އިޞްލާޙްކުރަން." 

"ފުލުހުންނަކީ ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ބައެއް. ޢަދުލު އިންސާފުގެ ކުރިމައްޗަސް ގެންދަން ޖެހޭ ފެންދިއުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ބައެއް. ފާއިތުވި ހަފްތާއެއްހައި ދުވަހު ސޯޝަލް މީޑިއާގަ ކަމަކަށް މިއޮތީ ފުލުހުންނަށް އެއްޗެތި ގޮވުން. މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. މިއީ ކޮން ބައަކު ކޮން މަޤްޞަދެއްގަ ކުރަމުން ގެންދާ ކަމެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ އެނގޭ." 

ޤާސިމް އިބްރާހީމް ވިދާޅުވީ ތަފާތު ދޮގު އިލްޒާމްތައް އަޅުވައި މުއައްސަސާތައް ބަދުނާމުކުރުމުގެ މަސައްކަތްކުރުމުން ޤަމަށް ލިބެމުންދާނީ ގެއްލުން ކަމަށާއި ކޮންމެ މީހަކަށްވުރެވެސް ޤައުމު ބޮޑުކަން ވިސްނައި އެންމެންވެސް ކަންކަން ކުރަން ވާނީ ޤައުމާއި ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ގޮތަށް ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އިރު އަރައިގެން އައިސް މެދު ޖެހުމުން ދެން ދާނީ އިރު އޮއްސެންކަމާއި އެކަން ހިނގުމަށް ޤްދުރަތުން މިންވަރުކުރައްވަވާފައިވާ ނިޒާމަކީ އެއީ ކަމަށް އެންމެންވެސް ޤަބޫލުކުރަން ޖެހޭނެ ކަމަށެވެ. ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކާއިމެދު ބޮޑާވެ ގަނެގެން ހަމައެކަކު ވެސް ނުވާނެ ކަމަށެވެ. 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް