އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރިލްވާންގެ މަރާއިގުޅޭ ބޮޑު އޮޕަރޭޝަން: މިއަދުގެ މިހާތަނަށް ހަތަރު ގެއަކާއި ކެފޭއެއް ބަލާފާސް ކޮށްފި!

ރިލްވާންގެ މަރާއިގުޅޭ ބޮޑު އޮޕަރޭޝަން: މިއަދުގެ މިހާތަނަށް ހަތަރު ގެއަކާއި ކެފޭއެއް ބަލާފާސް ކޮށްފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މިނިވަންނޫސްވެރިޔާ އަޙުމަދު ރިލްވާން އަބްދުﷲ މަރާލާފައިވާކަމަށް ބުނެ މަރުތަކާއިބެހޭ ރިޔާސީ ކޮމިޝަނުން ހާމަކުރި ތަހުގީގު ރިޕޯޓަށް އެއްބާރުލުން ދިނުމުގެ ގޮތުން ފުލުހުން ހިންގަމުންގެންދާ ބަލާފާސް ކުރުމުގެ ބޮޑު އޮޕަރޭޝަންގައި، މިއަދުގެ މިހާތަނަށް ހަތަރު ގެއަކާއި ކެފޭއެއް ބަލާފާސް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ، މިއަދުގެ މިހާތަނަށް ބަލާފާށްފައިވަނީ މާލޭގެ ހަތަރު ގެއަކާއި ކެފޭއެއް ކަމަށެވެ. އަދި މާލެ ސަރަޙައްދުގައި އޮތް ބޯޓެއްގައި ހުރި މީހެއް ވެސް ބަލާފާސް ކޮށްފައިވާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.

މިއޮޕަރޭޝަންގައި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާކަމަށް މައުލޫމާތު ދެއްވަމުން އިޒްމިއާ ވިދާޅުވީ މިއީ މީހުންނާއި ތަންތަން ބަލާފާސް ކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ. އަދި މިއަދުގެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

މަރުތަކާއިބެހޭ ރިޕޯޓާއި ގުޅިގެން އިއްޔެވެސް ވަނީ ނުވަ ތަނެއް ބަލާފާސްކޮށްފައެވެ. އަދި ކަނޑުމަތީގެ އޮޕަރޭޝަނެއް ވެސް މިކަމާއި ގުޅިގެން ފުލުހުން ވަނީ ފަށާފައެވެ. ބަލާފާސް ކުރުމުގެ މިއޮޕަރޭޝަންގައި ޤައުމީ ދިފާއީ ބާރުންވެސް ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


40%
ވ.ރަނގަޅު
20%
ރަނގަޅު
40%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ