އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިރޭ މުޅި ޤައުމު އެދި ގޮވާނީ "ދިވެހި ޓީމް މޮޅުވޭ!"

މިރޭ މުޅި ޤައުމު އެދި ގޮވާނީ "ދިވެހި ޓީމް މޮޅުވޭ!"


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ވޯލްޑް ކަޕް ކޮލިފައިންގގައި މިރޭ ރާއްޖޭގެ ޤައުމީ ޓީމް ޗައިނާ އާއި ދެކޮޅަށް ކުޅެމުން ގެންދާއިރު މުޅި ދިވެހި ޤައުމު މިރޭ ހަރު އަޑުން ގޮވާނީ ދިވެހި ޤައުމީ ޓީމް މޮޅުވުމަށެވެ. މުޅި ޤައުމު އެދޭނީ ދިވެހި ޤައުމީ ޓީމް މެޗް ކާމިޔާބް ކުރުމަށެވެ. 

މިހާރުވެސް މަގުތަކުގަ އާއި ކޮފީ މޭޒުތަކުގައި ވަނީ އެއަޑުތައް ގުގުމާލައިފައެވެ. އެންމެންވެސް ބޭނުންވަނީ ބޮޑު ތަފާތަކުން ދިވެހި ޤައުމީ ޓީމް މެޗް ކާމިޔާބުކުރުމަށެވެ. 

މިރޭގެ މެޗަކީ ކްލަބް ފެންވަރުގައި ފުޓްބޯޅައަށް ސަޕޯޓަރުންގެ "ވަޅޯވެފައިވާ" ތަރުޙީބު، މަތީ މަޤާމަކަށް ބަދަލުކޮށްލަން ދިވެހި ޤައުމީ ޓީމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އަމިއްލަ ޤައުމުގައި ދިވެހި ސަޕޯޓަރުންގެ ގިނަ ބައަކާއިއެކު ކުޅޭ މެޗަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީޚް ބަދަލުކޮށްލަން ޤައުމީ ޓީމަށް ލިބިގެންދާ ވަރަށް މުހިންމު ފުރުޞަތަކަށް ވެގެންދާނެ ކަމަށް ސަޕޯޓަރުން ދަނީ ބުނަމުންނެވެ. 

އާބާދީ ކުޑަ ނަމަވެސް ދިވެހި ރާއްޖޭގެ ޤައުމީޓީމުން ވަނީ ސަރަހައްދީ ފެންވަރުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ހާޞިލުކޮށްފައެވެ. ފަޚުރުވެރި ޗެމްޕިއަންކަންވެސް ޙާޞިލުކޮށްފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
33%
ރަނގަޅު
33%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް