އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޑރ. ޝަހީމްގެ އަބުރު ކަތިލުމުގެ ނަތީޖާ މާޒީގައި ފެނިފައިވަނީ ވަރަށް ހިތިކޮށް! ޢިބްރަތް ޙާޞިލުކުރޭ!

ޑރ. ޝަހީމްގެ އަބުރު ކަތިލުމުގެ ނަތީޖާ މާޒީގައި ފެނިފައިވަނީ ވަރަށް ހިތިކޮށް! ޢިބްރަތް ޙާޞިލުކުރޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ)އަކީ ލޯކަނު، ދުނިޔޭގަ ހިނގާ ކަންކަން ނުއެނގޭ ތަންދޮރު ނުދަންނަ ޖަމާއަތެއް ކަމަށް ދައްކަން އުޅުނު ނަމަވެސް އެކަމެއް ވެސް ނުކުރެވޭނެއެވެ. އޯއައިސީއަކީ މުސްލިމް ޤައުމުތަކުގެ މައި ޖަމިއްޔާ ނޫން ކަމަކަށްވެސް ނުހެދޭނެއެވެ. 

ސައުދިއަރަބިޔާއަކީ ޓެރަރިޒަމާއި ދެކޮޅަށް ޚާއްޞަކޮށް އައިސިސް އާއި ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް އެންމެ ބޮޑަށް ޙަރަކާތްތެރިވާ މުސްލިމް ޤައުމު ނޫން ކަމަކަށްވެސް ނުހެދޭނެއެވެ. 

އެހެންކަމަށްވާއިރު އޯއައިސީގެ ސެކެޓްރީ ޖެނެރަލްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަޤާމު ދީ، ޤައުމުތަކުން ހަރުކަށިފިކުރު ނައްތައިލަން މަސައްކަތް ކުރުމުގެ މަސްއޫލިއްޔަތު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ޙަވާލުކޮށް ޖިއްދާގައި ބަހައްޓާފައި އެހެރީ ޑރ. ޝަހީމަކީ ކޮން ފިކުރެއްގެ ކޮން ބޭފުޅެއްކަން އިސްލާމީ ޤައުމުތަކަށް އަދި މުޅި ދުނިޔެއަށްވެސް ނުއެނގޭތީ ކަމަށް ހެދޭނީ ކިހިނަކުންތޯއެވެ؟ 

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދޮގުހަދައިގެން މެންބަރުންނަށް ވާހަކަ ދެއްކޭ ގޮތަށް ޤަވާއިދު ހަދައި އަދި ހަދާ ދޮގުތަކަށް ދައުވާ ވެސް ނުކުރެވޭ ގޮތަށް ޤަވާއިދު ހަދައި މާތް ﷲ އާއި ޖަދަލުކުރާ ގޮތަށް ޤަވާއިދު ފާސްކޮށް އެ ޤަވާއިދަށް އަމަލުކުރާ މަޖިލީހަކަށްވުމުން އެ މަޖިލީހުގެ މެންބަރަކު ހަމަ ބުނާއިރަށް ޑރ. ޝަހީމަކީ ޓެރަރިސްޓަކަށް ނުވަތަ އެފަދަ ޖަމިއްޔާ އަކާއި ގުޅުން ހުރި ބޭފުޅަކަށް ހެދޭނެތޯއެވެ؟ 

2011 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައިވެސް މިފަދަ ދޮގު އިލްޒާމްތައް ޑރ. ޝަހީމް އާއި ޝައިޚް އިމްރާން އާއި ޝައިޚް އާދަމް ޝަމީމްގެ އިސްތަށިފުޅުގައި އެޅުވިއެވެ. 10 މިނިޓް ތެރޭ ޑރ.ޝަހީމްގެ ނަންފުޅު ލިސްޓުން ނަގަން ވެސް ނެގިއެވެ. 

އެއިގެ ފަހުން ޑރ. ޝަހީމް އާއި ދީނީ ޢިލްމުވެރިންގެ އަބުރު ކަތިލަން މުލީއާގޭގައި ޚާއްޞަ އޮފީހެއް ހަދައިގެން މަސައްކަތްކުރިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުންވެސް "ތިމަންނާ އެންމެ ހިތާމަ ކުރަނީ ކުށްވެރިއަކަށް މާފު ދެވުނީތީ" ކަމަށް އެ ވިދާޅުވީ އެ އޮފީހުގެ މައި މުގުލުގެ މައްޗަށް ކުރި ޙުކުމަށް މާފު ދެއްވުނު ވާހަކައެވެ. ކަތިލެވުނީ ޑރ. ޝަހީމްގެ އަބުރުތޯއެވެ؟ އެ ބޭފުޅާގެ ޢަބުރުތޯއެވެ؟ 

ވީމާ އެއްވެސް ޙައްޤެއް ނެތި ދީނީ ޢިލްމުވެރިންގެ އަބުރާއި ޝަޚްޞިއްޔަތު ކަތިލަން މަސައްކަތްކުރުމުން އެކަމުގެ ނަތީޖާ މިދުނިޔޭގައި ލަސްތަކެއް ނުވެ ފެންނަމުންދާކަން މިދަނީ ލޯތަކަށް ހާމަވަމުންނެވެ. ޢިބްރަތް ޙާޞިލުކުރާށެވެ! މާތް ﷲ އިންސާނުންނަށް ބާރާއި އިޚްތިޔާރު ދެއްވެވުމުން ނަހަމަ ގޮތުގައި ބޭނުން ހިފާނަމަ އެކަމުގެ ހިތި ރަހަ ކަރުބުޑުގައި ލާން ނުޖެހި ސަލާމަތް ވެވޭނެ ކަމަށް ޤަބޫލުކުރުމަކީ ކުރެވޭ ކުށެއްކަން މިދަނީ ފެންނަމުންނެވެ.   

އާރާއި ބާރަކީ ސަލާމަތީ ބާރުތަކާއި މަޖިލީހުގެ އަޣްލަބިއްޔަތުގެ މިލްކެއް ކަމަށް ދުށުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ! އާރާއި ބާރަކީ އެ ދެއްވެވި މާތް ﷲ ގެ މިލްކެކެވެ. ދެއްވިފަދައިން އަނބުރައި ގެންދެވުމުގެ ކުލަދުންވަންތަކަން ﷲ ތަޢާލާއަށް ލިބިވޮޑިގެންވާކަން އެންމެ ހިނދުކޮޅަކަށްވެސް ނައްތައިލުމަކީ މޮޔަކަމެކެވެ. ނަމަވެސް އެއީ މޮޔަ ކަމެއްކަން ޤަބޫލުކުރެވޭނީ މުސްލިމުންނަށެވެ.   

އެއްވެސް ދެމީހަކީ ހުރިހާ ކަމެއްގައި ފިކުރު އެއްގޮތް ދެމީހެއް ނޫނެވެ. ޑރ. ޝަހީމް އާއި އަޅުގަނޑާއިވެސް ފިކުރު ތަފާތު ކަންކަން އެބަހުއްޓެވެ. ނަމަވެސް ޑރ. ޝަހީމް އާއި ޓެރަރިޒަމާއި ގުޅުވުން ފަދަ ކަންކަމަކީ ކޮންމެ މީހަކު ކުރި ނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިހެން މިދަންނަވަނީ ޑރ. ޝަހީމް އާއި އެންމެ ގާތުން މަސައްކަތްކުރެވޭތާ 12 ވަރަކަށް އަހަރުވެފައިުވާތީއެވެ. ޓެރަރިޒަމާއިމެދު އަދި ދީނީ ގޮތުން ހަރުކަށި ފިކުރާއިމެދު ޑރ. ޝަހީމްގެ ޚިޔާލުފުޅު އެންމެ ގާތުން އެނގޭ މީހަކަށްވާތީއެވެ. 

"ރިޔާސީ ކޮމިޝަނަށް ބާރު ލިބުމުން ޑރ. ޝަހީމް ރާއްޖެއިން ފިއްލެވިކަމުގެ އިލްޒާމް އަޅުވާ ހިސާބަށް ދިއުމުން ޙަޤީޤަތް ހާމަކުރަން މަޖުބޫރުވީއެވެ. ކޮމިޝަނަށް ބާރު ލިބުނު ތާރީޚާއި ޑރ. ޝަހީމް އޯއައިސީގެ މަޤާމަށް ވަޑައިގެންނެވި ތާރީޚު އެފަދަ މީހުންނަށް އެނގޭބާވައެވެ! އަދި މަޤާމަށް ވަޑައިގެންނެވިފަހުން ކިތަށް ފަހަރު ރާއްޖެ ވަޑައިގެންފިކަން އެނގޭބާވައެވެ! 

ފާއިތުވި 10 އަހަރަށް ބެލި ނަމަވެސް ޢަމަލީ ގޮތުން ރާއްޖޭގައި އިސްލާމް ދީނަށް ޑރ. ޝަހީމް ކޮށް ދެއްވި ޚިދުމަތާއި ހޯއްދަވައި ދެއްވި ކުރިއެރުން ހޯއްދަވައި ދެވަނަ ބޭފުޅަކީ ކޮބައިތޯއެވެ؟ ހުންނެވިނަމަ އެބޭފުޅަކު ކޮށް ދެއްވި ޚިދުމަތްތައް ހާމަކުރެއްވުން ކީއްތޯއެވެ؟ ދެ ލިސްޓު އަޅުވައި ކިޔާލެވޭނީވެސް އިތުރު ލިސްޓެއް ލިބިގެން ނޫންތޯއެވެ؟ 

ސިޔާސީ ފިކުރު ތަފާތުވުމުން ދައްކަން ޖެހޭނީ ސިޔާސީ ކަންކަމުގެ ވާހަކައެވެ. އެމީހަކާއި އެއްވެސް ގުޅުމެއް ނެތް ކަންކަމުގެ ދޮގު އިލްޒާމް އެޅުވުމަކީ މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ! ހުކުރު ޚުޠުބާތަކުގައި އެންމެ ގިނައިން ގޮވާލަމުން އެގެންދަނީ އެގޮތަށް އެކަން ނުކުރަން ނޫންތޯއެވެ! ހުކުރަށް ނުދާ ބައަކަށް އެފަދަ އަޑުތައް ނުއިވުނު ނަމަވެސް ހުކުރަށް ގޮސް އުޅޭ މީހުންނަށް އެ އަޑުތައް އިވޭނެއެވެ. 

ޑރ. ޝަހީމްގެ އިސްތަށިފުޅުގައި ދޮގު އިލްޒާމްތައް އެޅުވުން މިއީ ވަރަށް ބޮޑު ނުބައެއްގެ ފެށުމެވެ. ދެން ގެންދާނީ ފަހަރަކު ޢިލްމުވެރިއަކު ކަތިލަމުންނެވެ. އެއީ ދިވެހިންގެ ހިތްތަކުގައި ދީނީ ޢިލްމުވެރިންނާއިމެދު ނަފްރަތު އުފައްދަން ދުރާލައި ރާވައިގެން ހިންގަމުން ގެންދާ ޖަރީމާ ސިލްސިލާގެ ބޮޅެކެވެ. ޗޭނަށް ދެން ގެންދާނީ ބޮޅުތައް އިތުރުކުރަމުންނެވެ. މިއީ 2011 ވަނަ އަހަރު ބާރަށް ހިންގި މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު އަލުން އާބަރަކާއިއެކު ފަށައިގަތުމުގެ ބިންގަލެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

އާރޓިކަލް ރޭޓްކުރައްވާ


35%
ވ.ރަނގަޅު
9%
ރަނގަޅު
16%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް