އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އުމުރުން 8 އަހަރުގެ މިކުޑަ އަންހެން ކުއްޖާ ނިޔާވީ ކައިވެނި ކުރިރޭ ލިބުނު އަނިޔާތަކުގެ ސަބަބުން!

އުމުރުން 8 އަހަރުގެ މިކުޑަ އަންހެން ކުއްޖާ ނިޔާވީ ކައިވެނި ކުރިރޭ ލިބުނު އަނިޔާތަކުގެ ސަބަބުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 25 ސިކުންތު

ބާލިޣު ނުވާ ކުޑަ ކުދިން ކައިވެނި ކުރުވުމަކީ ގިނަ ޤައުމުތަކުގައި ހުއްދަ ކުރާ ކަމެއް ނޫނެވެ. އަދި މިކަމަކީ އިސްލާމްދީން ވެސް ހިތްވަރުދޭ ކަމެއް ނޫނެވެ.

ނަމަވެސް އަރަބި އާއިލާއަކުން މިވަނީ މިހިތާމަވެރި އަމަލުވެސް ހިންގާފައެވެ.

ކުވެއިތު އާއިލާއަކުން އެމީހުންގެ އުމުރުން އަށް އަހަރުގެ އަންހެން ދަރިފުޅު ކައިވެނި ކުރުވީ 40 އަހަރުގެ ޔަމަނު ފިރިހެނަކާއެވެ. މިކަމުގެ ސަބަބުން، އެކުޑަ ކުއްޖާވަނީ ކައިވެނި ކުރިރޭ ނިޔާވެފައެވެ.

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެކުއްޖާ ނިޔާވީ، ކައިވެނި ކުރި ރޭ އެކުއްޖާގެ ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެތެރެހަށިން ލޭ އައިސް، ލޭ މަނާ ނުވެގެންނެވެ.

ރަވާން ނަމަކަށް ކިޔާ އެކުއްޖާގެ ކައިވެނި އޭނާގެ ބައްޕަ އުމުރު މީހަކާއި، އޭނަގެ އާއިލާއިން ކުރުވީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެފައިވެއެވެ. އަދި އެކުއްޖާ ނިޔާވީ ޖިންސީ ގޯނާ ކުރުމުގެ ސަބަބުން، ޖިސްމާނީ ގޮތުން ލިބުނު އަނިޔާތަކެއްގެ ސަބަބުން ކަމަށް ރަވާން ނިޔާވުމުން ބެލި ޑޮކްޓަރުން ބުނެފައިވެއެވެ.

މިނޭދެވޭ އަމަލުގެ ކުވެއިތާއި ޔަމާނުގައި ވެސް ހަރަކާތްތެރިވާ، އިންސާނީ ޙައްޤުތަކާއިބެހޭ އެކްޓިވިސްޓުން ވަނީ އެފިރިހެންމީހާއާއި ރަވާންގެ މައިންބަފައިން ވެސް ހައްޔަރުކޮށް އެމީހުންނަށް ލިބެންވާ އަދަބު ދިނުމަށް ގޮވާލާފައެވެ.  

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
8%
ރަނގަޅު
30%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ