އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސްރީލަންކާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

ސްރީލަންކާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް، މިމަހުގެ 2 އިން 4 އަށް ލަންކާގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި ރާއްޖެއިން ވަނީ ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަގެ އިތުރުން އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ ވަފުދެއްވެސް ރާއްޖެ ވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރެވިފައިވެއެވެ. އަދި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ވަނީ ބައްވަވާފައެވެ. އެގޮތުން، ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންނާއި، ދެޤައުމުން އަހައްމިއްޔަތުކަންދޭ ކަންކަމާ ގުޅޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެއެވެ.

މިގޮތުން ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމާއި ސަޤާފީ ގޮތުން ގުޅުން ބަދަހިކުރުމުގެ އިތުރުން ސަރަޙައްދީ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމާ ބެހޭގޮތުން ދެޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވިއެވެ. ލަންކާގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ބޮޑުވަޒީރުގެ ދެކަނބަލުންނާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މިދަތުރުފުޅުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރު ކުރައްވާފައިވެސް ވެއެވެ.

ބޮޑުވަޒީރުގެ މިދަތުރުފުގައި، ރާއްޖޭގައި މި މަހުގެ 3 އިން 4 އަށް ބޭއްވި އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގެން އެ ކޮންފަރެންސްގެ ރިޔާސަތު ބަލަހައްޓަވާފައި ވެއެވެ

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ