އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

"ބަވަތި" ގެ ޕްރިމިއަރ އާއެކު އިއްލެގެ ހުވަފެންތަކުގަ ކުލަޖެހިއްޖެ!

"ބަވަތި" ގެ ޕްރިމިއަރ އާއެކު އިއްލެގެ ހުވަފެންތަކުގަ ކުލަޖެހިއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އަލަށް ތަޢާރަފްވެފައިވާ "އައިފިލްމްސް" ޕްރޮޑަކްޝަންގެ ފުރަތަމަ ފީޗަރ ފިލްމު "ބަވަތި" މިރޭ ޕްރިމިއަރ ކޮށްފިއެވެ. 

ދިރާގުޓީވީ އާއިވެސް ޕާޓްނަރޝިޕް ހަދާފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ މައްޝޫރު ޓީވީ ޕްރޮޑިއުސަރ އިލްޔާސް ވަހީދު (އިއްލެ) އެވެ. އަދި ޕްރޮޑިއުސަރ އަކީ އާސިމް އަލީ އެވެ. 

އިއްލެގެ ސްކްރީންޕްލޭ އަކަށް އުފައްދާފައިވާ "ބަވަތި" މިފިލްމަކީ ސަސްޕެންސް ތްރިލަރ އެކެވެ. މިފިލްމުގެ ލީޑް ރޯލުން ފެނިގެންދަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފުންނާބު އުސް އެއްތަރި ކަމަށްވާ ނުޒުހަތު ޝުއައިބު އާއި ފީޗަރ ފިލްމަކުން މުޅިން އަލަށް ތަޢާރަފްވާ އަހުމަދު އިފްނާޒް ފިރާގް އެވެ. 

މިފިލްމުގެ މޯޝަން ޕޯސްޓަރ އެންމެ ފުރަތަމަ ބެލުންތެރިންނާއި ހަމައަށް ދައްކާލި ދުވަހުން ފެށިގެންވެސް މިފިލްމު ވެގެން ގޮސްފައިވަނީ ގިނަ ބެލުންތެރިން ވަރަށް ޝައުޤުވެރިވި ފިލްމަކަށެވެ. ޚާއްސަކޮށް ފިލްމުގެ ދެ ޓީޒަރ އާއި ޓްރެއިލަރ ބެލުމަށްފަހު، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ނުޒޫ (ފިލްމުގައި ޝެހެނާޒް) އަށް މިފިލްމުގައިވަނީ ކިހިނެއްތޯ އައީ ގިނަ ބަޔަކު ސުވާލު ކުރަމުންނެވެ. 

ނުޒޫ ބުނިގޮތުގައި މިރެއަށްފަހު، މިފިލްމުގައި އޭނާއަށް ވަނީ ކިހިނެއްކަން އެންމެންނަށް ވެސް ހާމަވެގެންދާނެއެވެ.

"ބަވަތި" މިފިލްމަކީ ފީޗަރ ފިލްމެއް އުފެއްދުމަށް ފިލްމުގެ ޑައިރެކްޓަރ އިއްލެ ދެކެމުންދިޔަ ހުވަފެންތަކުގައި އެންމެ ފުރަތަމަ ކުލަ ޖައްސައިދިން ފިލްމެވެ.

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
0%
ރަނގަޅު
50%
އޯކޭ
25%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ