އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހަރުކަށި ފިކުރުގެ އެންމެން އަވަހަށް ހައްޔަރުކުރޭ! - ނަމާދަށް ދިއުމަކީ ބޮޑު ބިރަކަށް ދައްކައިގެން ނަމާދު ހުއްޓުވަން މަސައްކަތް ކުރުން ހުއްޓައިލާ!

ހަރުކަށި ފިކުރުގެ އެންމެން އަވަހަށް ހައްޔަރުކުރޭ! - ނަމާދަށް ދިއުމަކީ ބޮޑު ބިރަކަށް ދައްކައިގެން ނަމާދު ހުއްޓުވަން މަސައްކަތް ކުރުން ހުއްޓައިލާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

"ރާއްޖޭގައި ހަރުކަށި ފިކުރުގެ ބައަކު ތިބިކަން ސަރުކާރަށް އެނގޭއިރު ސަރުކާރަށް ކުރަން ޖެހޭނެ ކަމަކީ ވީހައި އަވަހަކަށް އެފަދަ މީހުން ހިފައި ހައްޔަރުކުރުމެވެ. އެފަދަ މީހުންގެ ކިބައިން މުޖުތަމައު ސަލާމަތްކޮށްދިނުމެވެ. އެފަދަ މީހުން މިނިވަންކަމާއިއެކު ރާއްޖޭގައި ތިބޭ ނަމަ އެ ތިބެނީ ސަރުކާރުން އެ ފުރުޞަތު ދޭތީއެވެ. އެފަދަ މީހުން ރާއްޖޭގައި ތިބި ނަމަ އެއީ ސަރުކާރުގެ ފޭލްވުމެކެވެ. އެފަދ މީހަކު އެއްވެސް ޖަރީމާއެއް ހިންގައިފިނަމަ އެއީ ވެސް ސަރުކާރުގެ ފޭލްވުމެވެ. އެފަދަ މީހަކު ސީރިޔާއަށް މީހުން ފޮނުވި ނަމަވެސް އެ ފޮނުވެނީ އެކަން ކުރުމުގެ ފުރުޞަތު ދޭތީއެވެ. އިންޓެލިޖެންސަށް ހުރިހާ ކަންކަން އެނގޭއިރު އޭނާ ދޫކޮށްލާފައި ބަހައްޓާތީއެވެ. 

އެކަމުން އެނގިގެންދަނީ ދައުލަތާއި ސަލާމަތީ ބާރުތަކުގެ ނުކުޅެދުންތެރިކަމެވެ. ނާޤާބިލު ކަމެވެ. ވަކި ބައަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނާއިރު އަދި އެފަދަ މީހުން އެނގޭ ކަމަށް ބުނާއިރު އެންމެ ކުޑަމިނުން ފައިގައި ޓެގްއަޅުވައި ނުލެވެންވީ ކީއްވެގެން ހެއްޔެވެ؟ ޓެގަކީ ސަރުކާރުން ގެއަށް ބަދަލުކުރަން ބޭނުން މީހަކު ގެއަށް ބަދަލުކޮށްދޭން އަޅުވާ އެއްޗެއް ހެއްޔެވެ؟ 

ރާއްޖޭގައި ހަރުކަށި ފިކުރުގެ ބައަކު އެބަ އުޅޭ ކަމަށް ބުނެ އެކަން ބޮޑު ބިރެއްގެ ގޮތުގައި ދައްކައިގެން ދަރިން ނަމާދަށް ފޮނުވުން ހުއްޓުވަން މަސައްކަތް ނުކުރާށެވެ. އަދި މިސްކިތްތަކަކީ ބިރުވެރި ތަނެއްގެ ގޮތުގައި މީސްތަކުންގެ ހިތްތަކަށް ވައްދުވަން ނުސީދާ ގޮތުގައި ކެންޕޭނުކުރުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލަމެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ތެރޭގައި މިފަދަ ކެންޕޭނުތައް ކުރުމުގެ ފުރުޞަތު ނުދެއްވާށެވެ! 

އަދި މިހައި ތަނަށް ތިއަ ކަންކަމުގައި ދެފަހަރަކު އެއްގޮތަކަށް ވާހަކައެއް ނުދައްކައެވެ. ހައްޔަރުކޮށްފައި ތިބި މީހުންގެ ސިފަ ވަކި ގޮތަކަށް ދައްކުވަން ވެގެން ތުބުޅި ނުބާލުވައި އެތައް މަސްދުވަހަކު ބައިތިއްބުވައިގެން ކޮންމެވެސް މީހަކާއި އެއްވައްތަރު ކުރުވާފަ ތުރުތުރުއަޅަމުން ޝަރީއަތުގައި ހެކިބަސް ދެމުން ގެންދާތަން އެންމެންނަށް ވެސް ފެންނާނެއެވެ. އެންމެ ފަހުން ދުވަހު މައުމޫން ޙަމީދުގެ ސުވާލުތަކަށް ޖަވާބު ނުދެވިގެން ފުލުހުންގެ އޮފިސަރު އުޅުނު ޙާލުވެސް ވަނީ ފެނިފައެވެ. 

ވީމާ ކަންކަން ވަކި ގޮތަކަށް ބައްޓަން ކުރުވައިގެން މީސްތަކުން މިސްކިތްތަކާއި ދުރުކުރުވަން ކުޅެމުން ގެންދާ ޑްރާމާ އަވަހަށް ހަމަ މިހާރުން މިހާރަށްވެސް ހުއްޓައިލުމަށް އިޚްލާޞްތެރި ކަމާއިއެކު ރައީސުލް ޖުމްހޫރިއްޔާއަށް އިބްރާހީމް މުޙައްމަދު ޞާލިޙްއަށް އާދޭސް ދަންނަވަމެވެ."

 

- މިއަދުނޫހުގެ ކިޔުން ތެރިއެއްގެ ލިޔުމެއް.

އާރޓިކަލް ރޭޓްކުރައްވާ


24%
ވ.ރަނގަޅު
27%
ރަނގަޅު
10%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް