އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޙައްޖަށްދާން އެއްކުރި ފައިސާ ބަލިކުއްޖަކަށް ޞަދަގާތް ކުރުމުން، ހިލޭ ޙައްޖު ދަތުރެއް ލިބުނު ޑޮކްޓަރުގެ ވާހަކަ!

އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 19 މިނެޓް, 34 ސިކުންތު

ޙައްޖުގެ މާތް އަޅުކަން ފުރިހަމަ ކުރުމަށްފަހު، ޤައުމަށް އެނބުރި ދިއުމަށްޓަކައި ދެފިރިހެނުން އެއާޕޯޓުގައި އެމީހުންގެ ފްލައިޓުގެ އިންތިޒާރުގައި ތިއްބެވެ. އޭގެ ތެރެއިން އެކަކީ ކޮންޓްރެކްޓަރެކެވެ. އަނެކަކަކީ ނިއުރޮލޮޖިސްޓެއް ކަމަށްވާ ޑރ. ސައީދު އެވެ.

ފްލައިޓުގެ އިންތިޒާރުގައި ދެމީހުން ތިބިއިތު، އެކަކު އަނެކަކަށް މައްކާއަށް ދެވުނު ގޮތުގެ ވާހަކަ ކިޔާދިނެއެވެ. އެގޮތުން އެވާހަކަ އެންމެ ފުރަތަމަ ފެށީ ކޮންޓްރެކްޓަރެވެ. އޭނާ ބުނިގޮތުގައި އެއީ އޭނާގެ ދިހަވަނަ ޙައްޖެވެ. ޙައްޖަށް ދިޔުމުގެ ފުރުސަތު އޭނާއަށް ލިބުނީ ޓެންޑަރެއް ކާމިޔާބު ކުރެވުމުންނެވެ. އެކަމުގެ ސަބަބުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ލިބުނު ކަމަށް އޭނާ ބުންޏެވެ. ކޮންޓްރެކްޓަރ ދިޔައީ، އޭނާއަށް ލިބުނު ނިޢުމަތަށް މާތް ﷲ ޙަޟްރަތަށް ޝުކުރު އަދާކުރައްވަން ކަމަށާއި އަދި ޙައްޖަށް ދިޔުމުގެ ކުރިން ޒަކާތް ދެއްކިކަމަށް ވެސް އޭނާ ބުންޏެވެ.

ޑރ. ސައީދަށް ޙައްޖަށް ދެވުނު ގޮތް ކިޔާދޭން އޭނާ އެދުނެވެ. އެއީ ވަރަށް ދިގު ވާހަކައެއް ކަމަށް ބުނުމުން ވެސް ކޮންޓްރެކްޓަރ ގެ އެދުމަށް ޑރ. ސައީދު އޭނާގެ ވާހަކަ ފެށިއެވެ.

"ޑޮކްޓަރީކަން ކިޔަވާ، ނިއުރޮލޮޖިސްޓަކަށް އަހަރެންވީ މީގެ ވަރަށް ގިނަ އަހަރުތަކެއް ކުރިންނެވެ. އެމަޤާމުގައި މުޅިއަކު 30 ވަރަކަށް އަހަރު ހޭދަ ކުރުމަށްފަހު، އަދި އަހަރެންގެ ހުރިހާ ދަރިންވެސް ކައިވެނި ކޮށްދިނުމަށްފަހު، އަހަރެން ނިންމީ ރިޓަޔަރވުމުގެ ކުރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށެވެ. މަރު އައިސް ޖެހޭނީ ކޮން ވަގުތެއްގައި ކަމެއް ނޭނގޭތީ، އަހަރެން ދިޔައީ ޙައްޖަށް ދާން ފައިސާ އެއްކުރަމުން ތައްޔާރުވަމުން ނެވެ.

އެއްދުވަހު ޑިއުޓީ ނިންމާލުމަށްފަހު، އަހަރެން އުޅުނީ ޙައްޖަށް ފައިސާ ދެއްކުމަށް ޓްރެވެލް އޭޖެންޓާއި ބައްދަލުކުރަން ދާށެވެ. ޙައްޖަށް ދިޔުމަށްޓަކައި އެއްކުރި ހުރިހާ ފައިސާއެއް ހިފައިގެން ދާން އުޅެނިކޮށް، ކުއްލިއަކަށް ދިމާވި ހާދިސާއަކުން ހުރިހާ ކަމެއް ބަދަލުވިއެވެ. އެދުވަހު ހޮސްޕިޓަލުން އަހަންނާއި ދިމާވީ، ވަރަށް ގިނަ ދުވަސް ވަންދެން އަހަރުމެންގެ ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖެއްގެ މަންމައާއި އެވެ. އެއަންހެން މީހާގެ ފިރިހެން ދަރިފުޅަށް ވާގިނެތޭ ބަލި ޖެހުމުގެ ސަބަބުން، ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާ ދެމުން ގެންދިޔައެވެ. އެދުވަހު އަހަންނަށް އެއަންހެން މީހާ ފެނުންއިރު އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ރޮވިފައެވެ.

އަހަރެން ފެނުމުން އަހަންނަށް ވަދާއީ ސަލާމް ބުނެ، ދެން އެހޮސްޕިޓަލުން އޭނާއާއި އޭނާގެ ދަރިފުޅު ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ ދަރިފުޅާއިމެދު އަހަރެން އަމިއްލަ ދަރިއެއް ފަދައިން އޯގާތެރިވި ކަމަށާއި އަހަރެން ދިން ބޭސްފަރުވާގެ ސަބަބުން ދަރިފުޅު ރަނގަޅުވަމުން އައި ކަމަށް ވެސް ބުންޏެވެ. ނަމަވެސް މިހާރު އެތަނުން ދާން މަޖުބޫރުވެފައިވާ ކަމަށް ބުނެ ރޮމުން ރޮމުން އޭނާ އެތަނުން ދިޔައެވެ.

އެއަންހެންމީހާ ދިޔުމުން، ވެގެން އުޅޭގޮތް އަހަރެން އޮޅުން ފިލުވީމެވެ. ހޮސްޕިޓަލުގެ މެނޭޖްމެންޓަށް ގުޅާ، އަންހެން މީހާގެ ދަރިފުޅަށް ފަރުވާ ދިނުން ހުއްޓުނީ ކީއްވެތޯ އެހުމުން އެމީހުން ބުނީ އެއަންހެން މީހާގެ ފިރިމީހާގެ ވަޒީފާ ކުއްލިއަކަށް ގެއްލުނުކަމަށާއި އެހެންކަމުން އިތުރަށް އެކުއްޖާއަށް ފަރުވާދޭން ބިލްތަކަށް ފައިސާ ދެއްކޭނެ ފެންވަރު އެމީހުންގެ ނެތީ ކަމަށެވެ. އެކަމާއި ގުޅިގެން އަހަރެން ހޮސްޕިޓަލުގެ ޑައިރެކްޓަރާއި ބައްދަލުކޮށް ވާހަކަ ދެއްކުމުން ޑައިރެކްޓަރ ބުނީ ހިލޭ ސާބަހަށް އެހޮސްޕިޓަލުން އެއްވެސް ބަލިމީހަކަށް ބޭސް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އަހަރެން ޙައްޖަށް ދާން އެއްކުރި ހުރިހާ ފައިސާ އެއަންހެން މީހާގެ ދަރިފުޅުގެ ބޭސްފަރުވާއަށްޓަކައި ހަދިޔާ ކުރީމެވެ. އަހަރެން ބުނީ ކުރިއަށް އޮތް ހަ މަސްދުވަސް ވަންދެން އެފައިސާއިން އެކުއްޖާއަށް ފަރުވާ ކުރެވޭނެ ކަމަށާއި އެކުއްޖާގެ މަންމަ ކައިރީ އެއީ ހޮސްޕިޓަލުން ފަންޑު ކޮށްދިން ފައިސާއެއް ކަމަށް ބުނެދިނުމަށެވެ.

އެދުވަހު އަހަރެން އެނބުރި ގެއަށް ދިޔައީ ހުސްއަތާއެވެ. އަހަންނަށް ކުރެވުނީ ރަނގަޅު ކަމެއްނަމަވެސް ޙައްޖަށް ދާން ވީތައްޔާރީތަށް ވިއްސި ވިހާލި ވުމުން އަހަރެން އެކަމާއި ވަރަށް ހިތާމަކޮށް ރުއީމެވެ. އެހެން އޮއްވާ އަހަންނަށް ނިދުނެވެ. އަދި ހުވަފެނުން އަހަންނަށް ފެންނަނީ ޙައްޖުގެ މާތް އަޅުކަން އަދާކުރަން މައްކާގެ މާތް ބިމުގައި ކައުބަތުﷲ ގެފުޅާއި ވަރަށް ކައިރީގައި އަހަންނަށް ހުރެވޭތަނެވެ. އިޙުރާމް ބަނދެގެން އަހަރެން ހުރި އިރު، އެހެން ޙައްޖާޖީން ހިނިތުން ވުމާއިއެކު އަހަންނާއި ސަލާމް ކުރަމުން ދިޔައެވެ. އަދި އެބިމަށް ދާން މާތް ﷲ އަހަންނަށް އިރާދަ ކުރައްވައިފި ކަމުގެ އުފާވެރި ޚަބަރުވެސް އެމީހުން އަހަންނަށް ދެމުން ދިޔައެވެ.

އަހަންނަށް ހޭލެވުނީ ފޯނު ރިންގުވި އަޑަށެވެ. އެއީ އަހަރެން މަސައްކަތް ކުރާ ހޮސްޕިޓަލުގެ ޑައިރެކްޓަރެވެ. އޭނާ ބުނީ، ވަރަށް ބޮޑު ވިޔަފާރިވެރިއެއް ޙައްޖަށް ދާން ބޭނުންވާ ކަމަށެވެ. ނަމަވެސް އޭނާ ޙައްޖަށް ދާން ބޭނުންވަނީ ނިއުރޮލޮޖިސްޓަކާއިއެކު ކަމަށެވެ. އެވިޔަފާރިވެރިޔާ އާއްމުކޮށް ފަރުވާ ހޯދާ ނިއުރޮލޮޖިސްޓުގެ އަންހެނުން ވިހަންވެފައި އިނުމުން އެޑޮކްޓަރަށް ދެވެން ނެތުމުން، އޭނާއާއިއެކު ޙައްޖަށް އަހަރެން ގޮސްފާނަންތޯ ޑައިރެކްޓަރު އެއްސެވެ. ޑައިރެކްޓަރު ބުނީ، އެވިޔަފާރިވެރިއަކީ ހޮސްޕިޓަލުގައި އެންމެ ގިނަ ހިއްސާ އޮތް އެކަކު ކަމަށާއި ހޮސްޕިޓަލުން އޭނާއާއި އެކު ހޮސްޕިޓަލުން ދާން ޑޮކްޓަރެއް ހަމަޖައްސާ ނުދެވިއްޖެނަމަ ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިވާނެ ކަމަށެވެ. އޭނާއާއިއެކު ޙައްޖަށް ހިނގައްޖެނަމަ އަހަންނަށް ޙައްޖު ވެވޭނެތޯ އެހުމުން ޑައިރެކްޓަރު ބުނީ އެވިޔަފާރިވެރިޔާ އަހަރެން ގެންދަނީ އޭނާގެ ޚަރަދުގައި ކަމަށާއި އަހަންނަށް ވެސް އޭނާއާއިއެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ކަމަށެވެ.

ޑައިރެކްޓަރ ގެ ފަރާތުން ވިޔަފާރިވެރިޔާގެ ނަންބަރު ހޯދާ، އަހަންނަށް ވެސް ޙައްޖު ވެވޭނެކަން ޔަޤީން ކުރުމަށްފަހު އަހަރެން ވިޔަފާރިވެރިޔާ ގާތު އެދުނީ އަހަރެން އެހީތެރިވެދިން ބަލިކުއްޖާއަށް ހަމަސް ފަހުންވެސް ބޭސް ކުރެވޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށެވެ. ޖަވާބުގައި އޭނާ ބުނީ އެކުއްޖާގެ ބޭސް ފަރުވާގެ ޚަރަދުތައް އޭނާ ބަލަހައްޓާނެ ކަމަށާއި އެކުއްޖާގެ ބައްޕައަށް ވަޒީފާވެސް ދޭނެ ކަމަށެވެ. އެހެންކަމުން އޭނާއާއިއެކު ޙައްޖަށް ދާން އަހަރެން އެއްބަސްވީމެވެ. މިއީ އަހަންނަށް ޙައްޖަށް ދާން ފުރުސަތު ލިބުނު ގޮތެވެ."

ޑރ. ސައީދުގެ ވާހަކަ ނިމުމުން، ކޮންޓްރެކްޓަރަށް ހުރީ އުފަލުން ރޮވިފައެވެ. އޭނާ ބުންޏެވެ. "ޑޮކްޓަރަށް ފެނުނު ހުވަފެނުގައި އެމީހާ ބުނި ފަދައިން، ހަމަޔަޤީނުން ވެސް ޑޮކްޓަރަށް ޙައްޖަށް ދިޔުމުގެ ފުރުސަތު ލިބުނީ މާތް ﷲ ގެ އިރާދަފުޅުންނެވެ. ޑޮކްޓަރު ވެދެއްވި ދީލަތި އެހީގެ ބަދަލުގައި، ކައުބަތުﷲ ގެފުޅަށް ޒިޔާރަތް ކުރުމުގެ ރަނުގެ ފުރުސަތު އެކަލާނގެ ޑޮކްޓަރަށް މިންވަރު ކޮށްދެއްވީއެވެ."

މަރިޔަމް ވަހީދާ

ޙައްޖަށްދާން އެއްކުރި ފައިސާ ބަލިމީހަކަށް ޞަދަގާތް ކުރުމުން، ހިލޭ ޙައްޖު ދަތުރެއް ލިބުނު ޑޮކްޓަރުގެ ވާހަކަ!

އާރޓިކަލް ރޭޓްކުރައްވާ

28%
ވ.ރަނގަޅު
6%
ރަނގަޅު
39%
އޯކޭ
26%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ