އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބަންޑުން ޖަހާލި ލޯންޗު ހާދިސާގައި ކުޑަ ކުއްޖަކާއެކު ފަސް މީހުން ނިޔާވެއްޖެ!

ބަންޑުން ޖަހާލި ލޯންޗު ހާދިސާގައި ކުޑަ ކުއްޖަކާއެކު ފަސް މީހުން ނިޔާވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 23 ސިކުންތު

މިއަދު މެންދުރު ހދ. ނޮޅިވރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރު ކުރި ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި، ކުޑަ އަންހެން ކުއްޖަކާއެކު ފަސް މީހުން ނިޔާވެއްޖެއެވެ.

މިލޯންޗުން ދަތުރުކުރީ މުޅިއަކު 10 މީހުންނެވެ.

ހަނިމާދޫ ސިއްޙީ މަރުކަޒުން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖަކާއި، ތިން އަންހެނުންގެ އިތުރުން ފިރިހެނެއް ކަމަށެވެ. ހަނިމާދޫ ސިއްޙީ މަރުކަޒަށް އެމީހުން ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް އެމަރުކަޒުން މައުލޫމާތު ދެއްވާފައިވެއެވެ.

ނިޔާވީ ކޮންބައެއްކަން ހޯދުމުގެ މަސައްކަތް އެމަރުކަޒުން ކުރަމުންދާ ކަމަށް ވެސް މައުލޫމާތު ދެއްވާފައިވެއެވެ.

ހަނިމާދޫ ކައުންސިލް ރައީސް އަބްދުއްސަލާމް އަލީ ވިދާޅުވީ، ސަލާމަތްވި މީހުންގެ ހާލުވެސް ވަރަށް ދެރަ ކަމަށާއި، އެގޮތުން އެމީހުންނަށް ވަރަށް ބޮޑަށް ލޮނު ބޮވިފައިހުރުމުގެ ސަބަބުން ހޮޑުވެސް ލެވެމުންދާ ކަމަށެވެ.

 

ހދ. ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދަތުރުކުރި އެކުޑަ ލޯންޗު ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު 12:25 ހާއިރެވެ. އެލޯންޗު ބަންޑުން ޖަހާލާފައި އޮތީ ހަނިމާދޫ ކަންމައްޗަށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވެއެވެ.

ލޯންޗު ފެނުނުއިރު، އޭގައި ދަތުރުކުރި މީހުންގެ ތެރެއިން އެމްއެންޑީއެފް ނޮދަރން އެރިއާ ކޯސްޓްގާޑަށް ފެނިފައިވަނީ ހަތް މީހުންނެވެ. އެމީހުން ޑިންގީއެއްގައި ހަނިމާދޫއަށް ގެންގޮސްފައިވާ ކަމަށާއި އެއިރު ގެއްލިގެން ހޯދަމުން ދިޔައީ ކުޑަކުއްޖަކާއި ދެ އަންހެނުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އިން ފަހުން މައުލޫމާތު ދެއްވާފައިވަނީ އެ ދެ އަންހެނުންނާއި ކުޑަކުއްޖާވެސް ފެނިފައިވާ ކަމަށެވެ.

 

 

މިހިތާމަވެރި ހާދިސާގައި ނިޔާވި މީހުންގެ ފުރާނައަށް މާތް ﷲ ސުބްޙާނަހޫ ވަތައާލާ ހެޔޮ ރަޙްމަތްލައްވާށި، އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

 

އާރޓިކަލް ރޭޓްކުރައްވާ


41%
ވ.ރަނގަޅު
12%
ރަނގަޅު
12%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ