އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފެލިދޫއަށް ނަގޫރޯޅިއެއް އަރައި، ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!

ފެލިދޫއަށް ނަގޫރޯޅިއެއް އަރައި، ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 29 ސިކުންތު

ވ. ފެލިދޫއަށް ނަގޫރޯޅިއެއް އަރައި، ތިން ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

 

ފެލިދޫ ކައުންސިލުގެ ނައިބު ރައީސް މިކަމާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނަގޫރޯޅި އަރާފައިވަނީ މިއަދު ހެނދުނު 9:30 ގައި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އެރަށު "ޕިންކް ފްލާވަރ" ގެއަށް ކަމަށާއި އެގޭގެ ފުރާޅުގެ ބޮޑު ބައެއް އެއްލާލާފައިވާއިރު ސީލިންގ ހަލާކުވެ ގޭގެ ހިފާ ގެންގުޅޭ ސާމާނަށް ވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.

       

 

ޕިންކް ފްލާވަރ ގޭގެ ގާތްގަނގަނޑަކަށް 36 ފޫޓުގެ ޓިނު އެއްލާލާފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

 

"އެގެއާ ޖެހިގެން ހުރި ގޭގެ ތިން ޓިނުގަނޑު ވަނީ އެއްލާލާފައި. މިހާރު އެ ޓިނުތައް ރަނގަޅުކޮށްފިން. އެގެއާ ޖެހިގެން ހުރި ގޭގެ ދެ ބަނބުކެޔޮ ގަސް ވެއްޓި ބޭރު ފާރު ވަނީ ވެއްޓިފަ. އަދި އެގެއާ ޖެހިގެން އިން ގޭގެ ބޯތަށި ވެސް ވަނީ ވެއްޓިފައި،" ނަގޫރޯޅީގައި ލިބުނު ގެއްލުންތައް ހިއްސާކުރައްވަމުން ރަޝީދު ވިދާޅުވިއެވެ.

 

      

 

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ވިއްސާއާއެކު އައި ކޮޅިގަނޑެއްގައި އެރަށު ގެއެއްގެ ފުރާޅުގެ ބޮޑުބައެއް އެއްލާލާފައިވާއިރު އެހެން ގެއެއްގެ ފުރާޅަށް އެކި ވަރުގެ ގެއްލުންވެ 2 ބަނބުކެޔޮ ގަސް މުލުން ލުހިފައިވާ ކަމަށެވެ.

 

ފުރާޅު އެއްލާލި ގޭގެ ފުރާޅުގައި އަލުން ޓިނު ޖެހުމާއި، ގެއްލުން ލިބުނު ގޭގެ ފުރާޅު މަރާމާތު ކުރުމުގެ އިތުރުން ވެއްޓިފައިވާ ބަނބުކެޔޮ ގަސް ނަގައި ސާފު ކުރުމުގެ މަސައްކަތުގައި ފެލިދޫ ކައުންސިލާއި އާންމު ރައްޔިތުންގެ ބަޔަކާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ