އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފާފަ ސިއްރުކުރެވިއްޖެ ކަމަށް ބަލައި ބިރު ނުގަތް ނަމަވެސް އެދުވަހު ބިންގަނޑު ފަހަތުން އައިސް ކުރި ފާފަ ހާމަކުރާނެ!: ޝައިޚް އަހްމަދު ޢަލީ

ފާފަ ސިއްރުކުރެވިއްޖެ ކަމަށް ބަލައި ބިރު ނުގަތް ނަމަވެސް އެދުވަހު ބިންގަނޑު ފަހަތުން އައިސް ކުރި ފާފަ ހާމަކުރާނެ!: ޝައިޚް އަހްމަދު ޢަލީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

ފާފައެއް ކުރާއިރު ބިރުގަންނަންވީ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް އެނގިދާނެތީއެއް ނޫނެވެ. ފުލުހުންނަށް އެނގިގެން ހައްޔަރުކޮށްފާނެތީއެއްވެސް ނޫނެވެ. ބިރުގަންނަންވީ މިހުރެވެނީ ވަގުތީ ދަތުރެއްގެމަތީގައި ކަމާއިމެދުގައެވެ. ބައެއް މީހުން ކަނޑިއެއްގެ މިޔަމަތީގައި ކަމަށްވެސް ސިފަކޮށްފާނެއެވެ. ކޮންމެ ގޮތަކަށް ސިފަކުރި ނަމަވެސް މައްސަލައެއް ނެތެވެ. ޔަޤީންކުރަންވީ ކޮންމެ ވަގުތަކުވެސް ދުނިޔެއާއި ވަކިވާން ޖެހިދާނެކަމެވެ. ބިރުގަންނަންވީ މަރުވުމަށްފަހު ދެން ފެށޭ ހަޔާތަކީ ތިމާގެ އެއްވެސް ބާރެއް ނުހިނގާނެ އަދި ނިމުމެއްވެސް ނުވާ ހަޔާތެއް ކަމާއިމެދުގައެވެ. ގަދައަޅައި މަސައްކަތްކުރަންވީ ތިބާގެ އިޚްތިޔާރާއި ބާރު ހިނގާ ދުނިޔަވީ ހަޔާތުގައި ކުރާ މަސައްކަތުން ދާއިމީ ޙަޔާތް ކާމިޔާބު ކުރުމަށެވެ.  

އެއްވެސް ޙާލެއްގައި އެންމެ މޮޅު މީހަކީ އެންމެ މޮޅަށް ކިޔަވައިގެން ހުރި ޢިލްމްވެރިޔާއެއް ނޫނެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ސައިންސްވެރިޔާއެއްވެސް ނޫނެވެ. އެންމެ މޮޅު ޑޮކްޓަރެއްވެސް ނޫނެވެ. އެންމެ ހުޝިޔާރު، އެންމެ ކުޅަދާނަ ނުވަތަ އެންމެ މޮޅު މީހަކީ ކޮބައިކަން ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނެގެން އެބައޮތެވެ. 

އެންމެ މޮޅު މީހަކީ ހަވާ ނަފުސުގެ އެދުންތަކަށް ހެއްލިގެން ނުދާ މީހާއެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ޝައިޠާނާ ހިތްވަރުދޭ ވަގުތު އެކަމަށް ދެކޮޅު ހަދާމީހާއެވެ. އެފަދަ ކޮންމެ ވަގުތަކު ﷲ ތަޢާލާއަށް ބިރުވެތިވެ ފާފަކުރުމުން ތިމާގެ ނަފުސު ސަލާމަތް ސަލާމަތްކުރާ މީހާއެވެ. ރޭގަނޑުގެ ވަގުތުތަކުގަ އާއި ދުވާލުގެ ވަގުތުތަކުގައި ދެ ދުނިޔެ ހާޞިލުކުރަން މަސައްކަތްކުރާމީހާއެވެ. އެކަމެއް ކުރުމަސް ﷲ ތާޢާލާ އަންގަވާފައިވާ ހުރިހާ ކަމެއް، ﷲ ތަޢާލާ އަނގަވާފައިވާ ގޮތަށް ކުރަމުން ގެންދާ މިހާއެވެ. 

ބައެއް މީހުންނަށް ހީކުރެވެނީ މީސްތަކުންގެ ލޯތަކަށް ސިއްރުން ފާފަތައް ކުރެވުނީމާ އެކަން ސިއްރުކުރެވުނީ ކަމަށެވެ. ތިމާ ދަންނަ މީހަކަށް ނުފެނިއްޖެ ނަމަ ތިމާ ފަޟީޙަތް ނުވާނެ ކަމަށެވެ. މިއީ ހައްތާވެސް މޮޔަ ވިސްނުންތަކެކެވެ. ސިއްރުން ފާފަތައް ކުރި މީހުން ޤިޔާމަތް ދުވަހު ވެސް އެމީހުން ކުރި ފާފަތަކަށް އިންކާރުކުރާނެއެވެ. އެފާފަތައް ނުކުރާ ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެތެވެ. ނަމަވެސް އެހިނދު ކަންތައް ވާނެ ގޮތާއިމެދު ވިސްނައިލާށެވެ! 

ތިބާ ފާފައެއް ކުރަން ބޭނުންވުމުން ކާރުގައި ޖެހިގެން އޮތް ސިޓީއަށް ގޮސް ވަރަށް ސިއްރުން މިއަދު ކުރެވިދާނެއެވެ. ނުވަތަ ވަރަށް ސިއްރުން ތަނަކަށް ވަދެ އެކަން ކުރެވިދާނެއެވެ. ޤިޔާމަތް ދުވަހު އެ ބިންގަނޑު އައިސް ތިބާގެ ކުރިމަތީ ހެކިދޭނެއެވެ. ތިބާ ކުރި ހުރިހާ ކަމެއް ކިޔައިދޭނެތެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ހަށިގަނޑުގެ ގުނަވަންތައް ވެސް ތިބާ އާއި ދެކޮޅަށް ހެކިދޭނެއެވެ. 

މިކަންކަމަކީ ކޮންމެ މުސްލިމަކުވެސް ހިތުގެ އަޑިން ހަމަ ޤަބޫލުކުރާނެ ކަންކަމެވެ. ނަމަވެސް ހިތާމައަކީ ޤަބޫލުކުރެވުމާއިއެކުގައިވެސް ފާފަތަކަށް އަރައިގަނެވޭ ކަމެވެ. ޝައިޠާނާ ދޭ ވަސްވާސްތަކަށް ހެއްލެވޭ ކަމެވެ. ޝައިޠާނާ ވަސްވާސް ދިނުމުން އާޚިރަތް ދުވަހާއި މީޒާންގެ މަތިން ހަނދުމަ ނެތިގެންދާ ކަމެވެ.

- ޝައިޚް އަޙްމަދު ޢަލީގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
42%
ރަނގަޅު
7%
އޯކޭ
28%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް