އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހައްޖަތުލްވަދާޢުގެ ޚުޠުބާ އާ ކައިވެނީގެ ޚުޠުބާގަ ހުރި އެއްގޮތް ކަންތައްތަކަށް ވިސްނައި ބިރުވެތިވާނަމަ ކައިވެނި އުޖާލާކުރެވޭނެ!: މުފްތީ މެންކް

ހައްޖަތުލްވަދާޢުގެ ޚުޠުބާ އާ ކައިވެނީގެ ޚުޠުބާގަ ހުރި އެއްގޮތް ކަންތައްތަކަށް ވިސްނައި ބިރުވެތިވާނަމަ ކައިވެނި އުޖާލާކުރެވޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

މިއަދުގެ ޢާންމުހާލަތަށް ބަލާއިރު އެންމެ ގިނައިން އަޑުއިވެމުންދާ އެއް ޝަކުވާއަކީ ރޭގަނޑުގެ ބޮޑު ބައެއް ފާއިތުވަންދެން ފިރިން ގެއަށް ނުވަދެ ބޭރުގައި އުޅޭ ވާހަކައެވެ. އިތުރު އަންހެނުންނާއި ގުޅުން ބާއްވާ ވާހަކައެވެ. ފިރިންގެ ކިބައިން އިވޭ އަޑަކީ އަނބިން ނުކިޔަމަންތެރިވާ ވާހަކަ އާއި ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާ ވާހަކައެވެ. 

ކައިވެނީގައި ކިޔައިދިން ޚުޠުބާ ކޮބައިހެއްޔެވެ؟ ރަސޫލް (ޞޢވ) ހައްޖަތުލްވަދާޢުގައި ދެއްވެވި ކުރު ޚުޠުބާގައި މީސްތަކުންނަށް ތަޤްވާވެރިވުމަށާއި ﷲ ތަޢާލާއަށް ބިރުވެތިވުމަށް ގޮވައިލެއްވެވި ވަރަށް ކައިވެނީގެ ޚުޠުބާތަކުގައި ވެސް އެކަމަށް ގޮވާލައި ނަޞޭޙަތްތެރިވެއެވެ. ބައެއް ޚުޠުބާތަކުގައި އެއަށްވުރެ ގިނައިންވެސް ގޮވައިލެވެއެވެ. ނަމަވެސް ހިތާމައަކީ ކައިވެނީގެ މަޖިލިސް ނިމިގެން ބޭރަށް ނުކުންނައިރު އެކަންކަން ހަނދާނުގައި ނުހުންނަ ކަމެވެ. އެގޮތަށް އެކަން ކުރާ ސަބަބަށް ވިސްނައި ބިރުވެތި ނުގަންނަ ކަމެވެ. 

ކައިވެނި ބޮއްސުންލައިގެން ދިއުމުން ނުވަތަ ދިރިއުޅުން ބަނގުރޫޓުވުމުން ކަންބޮޑުވާފަދައިން ރަސޫލް (ޞޢވ) ދެއްވަވާފައިވާ އިރުޝާދުތަކަށް ކަންބޮޑުނުވާނަމަ ކައިވެނީގެ ޙަޔާތް ވެސް އަދި އަދި އަމިއްލަ ދިރިއުޅުންވެސް ކާމިޔާބެއް ނުކުރެވޭނެއެވެ. ފުރަތަމަ ކަންބޮޑުވާންވީ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅުތަކަށެވެ. "މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަމާ މިވެނި މަގަކުން ހިނގައިފިނަމަ ވާނީ މިހެންކަން" ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. 

ޙަޔާތުގެ ހުރިހާ ކަމެއްވެސް ގޯސްވެގެންދަނީ ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ. ތަޤްވާވެރި ނުވެވޭތީއެވެ. ތަޤްވާވެރިވެ، ބިރުވެތިވެވޭނަމަ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅުވަމުންނެވެ. އެކަމުގެ ފައިދާ ކުރަމުންނެވެ. 

ކައިވެނީގެ ޚުޠުބާއަކީ ހަމައެކަނި ކައިވެނި ކުރަން އަޑުއަހައިލާ އެއްޗަކަށް ނުހަދާށެވެ! އެ ޚުޠުބާއަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގާ ކަމުގައި ހަދާށެވެ. އެ ޚުޠުބާއަށް ސަމާލުކަން ދީފިނަމަ އެކައިވެންޏެއް ރޫޅެން ޖެހެންވީ އެއްވެސް ސަބަބެއް ނުއޮންނާނެއެވެ. ދެމަފިރިންގެ ޙަޔާތް ދާނީ ބާއްޖަވެރިވަމުންނެވެ. ދުވަހުން ދުވަހަށް ކުރިއަރަމުންނެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

އާރޓިކަލް ރޭޓްކުރައްވާ


37%
ވ.ރަނގަޅު
12%
ރަނގަޅު
12%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް