އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ހިތާމަކުރަންވީ ދަރިފުޅު މަރުވެގެނެއް ނޫން - އިސްލާމް ދީނަށް އަމަލުކުރަން އާދަ ނުކުރެވި ހުރިނަމަ ލިބޭނެ ޢަޛާބަށް!

ހިތާމަކުރަންވީ ދަރިފުޅު މަރުވެގެނެއް ނޫން - އިސްލާމް ދީނަށް އަމަލުކުރަން އާދަ ނުކުރެވި ހުރިނަމަ ލިބޭނެ ޢަޛާބަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ކޮންމެ މީހަކީވެސް ކޮންމެވެސް މިންވަރެއްގެ ތަކްލީފެއްގައި އުޅެންޖެހޮފައިވާ މީހެކެވެ. އެއްވެސް މީހަކީ އެމީހާ އެދޭ ހުރިހާ ކަންކަން ފުރިހަމަވެފައި  ހުރި މީހެއް ނޫނެވެ.  ބައެއް މީހުން އެންމެ ބޮޑަށް ކަން ބޮޑުވާ އެއްކަމަކީ އެމީހުންގެ ޢާއިލާގެ ކޮންމެވެސް މީހެއް، ދަރިއެއް ކުއްލި ގޮތަކަށް ދުނިޔެ ދޫކުރުމެވެ. ސުވާލަކީ އެއީ ކަންބޮޑުވާން ޖެހޭ ކަމެއްހެއްޔެވެ؟ ފުރަތަމަ ކުރަންވީ އެ ސުވާލެވެ.

މީސްތަކުންނޭވެ! ޅަފަތުގައި ދަރިން މަރުވުމަކީ ﷲ ތަޢާލާ މިންވަރު ކުރައްވަވާ ނިޢްމަތެކެވެ. އެ ނިޢްމަތް ލިބުމުގައިވެސް ދަރަޖަތަކެއް ހުރެއެވެ. މިސާލަކަށް ދެ މީހެއްގެ ދެ ދަރިން މަރުވީއެވެ. ހަމަ އެއް އުމުރެއްގެ ދަރިންނެވެ. 

އެތަނުން އެކަކީ އެމީހާގެ ދަރިފުޅަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ވަރަށް ލޯބިން ދަރިފުޅު ގެންގުޅުނު މީހެކެވެ. ދެވަނަ މީހާއަކީ ދަރިފުޅަށް އެހައި ބޮޑަށް ސަމާލުކަން ދިން މީހެއް ނޫނެވެ. މިހާލަތުގައި ދަރިފުޅަށް ސަމާލުކަން ދިން މީހާއަށް ކުރާ އަސަރު ވަރަށް ބޮޑުވާނެއެވެ. ސަމާލުކަން ނުދޭ މީހާއަށް ކުރާ އަސަރު ކުޑަވާނެއެވެ. ވީމާ ދެ މީހުންނަށް ދެއްވަވާ ނިޢްމަތް ތަފާތުވާނެއެވެ. ބޮޑަށް އަސަރު ކުރި މީހާ، އަސަރުކުރުމާއިއެކުވެސް ﷲ ތައާލާ މިންވަރުފުޅު ކުރެއްވެވި ގޮތަށް ޝުކުރުވެރިވެ ކެތްތެރިވެއްޖެ ނަމަ ދެއްވަވާ ނިޢްމަތްތައް އެތައް ގުނައެއް އިތުރުވާނެއެވެ. 

މިކަމުން އެނގިގެންދަނީ މިންވަރަށް އީމާންވުމާއި މިންވަރަށް ޝުކުރުވެރިވުމުގެ މުހިންމު ކަމެވެ. ކެތްތެރިވުމުގެ މުހިންމު ކަމެވެ. ﷲ ތަޢާލާ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައިކަމަށް ވަޙީކުރައްވަވާފައިވާ ބަސްފުޅު އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. 

ދަރިން މަރުވުމުން ހިތާމަކުރަންވީތީ މަރުވީތީއެއް ނޫނެވެ. އެކަމަށް ހިތާމަކޮށްގެން ލިބޭނެ އެއްވެސް މަންފާއެއް ނެތެވެ. ހިތާމަކުރަން ޖެހެނީ ދަރިން ގެންގުޅެވުނު ގޮތާއިމެދުގައެވެ. އެދަރިންނަށް ދޭން ޖެހޭ ލޯތްބާއި ސަމާލުކަން ދެވުނު މިންވަރާއިމެދުގައެވެ. އިހްމާލް ވެވިފައިވާނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމާއިމެދުގައެވެ. 

ބާލިޣްވުމަށްފަހު މަރުވާ ކުދިންނާއިމެދު އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ކައްވަޅުގައި މަލާއިކަތުން ކުރައްވަވާ ސުވާލުތަކަށް ޖަވާބު ދޭން ކުއްޖާ ތައްޔާރުކުރެވުނު މިންވަރާއިމެދުގައެވެ. ދަރިފުޅު ލައްވައި ނަމާދުކުރެވުނު ކަމާއިމެދުގައެވެ. އިސްލާމް ދީން ދަސްކޮށްދެވުނު ކަމާއިމެދުގައެވެ. ބާލިޣްވުމަށްފަހު އިސްލާމް ދީނަށް ޢަމަލު ނުކުރާނަމަ އެކަމުގެ ޢަޛާބް ދެއްވަވާނެތެވެ. ބިރުވެތިވާންވީ އެކަމަށެވެ. މައިން ބަފައިންގެ މަސްއޫލިއްޔަތުވެސް އުފުލަން ޖެހޭނެކަމަށް ބިރިވެތިވާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

އާރޓިކަލް ރޭޓްކުރައްވާ


14%
ވ.ރަނގަޅު
0%
ރަނގަޅު
71%
އޯކޭ
14%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް