އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ނައިބު ރައީސް ދ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ދ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ނައިބު ރައީސް ފައިޞަލް ނަސީމް، ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލަރުން ވަނީ އަތޮޅުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، ރައްޔިތުންނަށް ދިވާމާ ދަތިތަކުގެ މަޢުލޫމާތާއި، އެ އަތޮޅުގެ ރަށްރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މަޢުލޫމާތު ނައިބު ރައީސް ފައިޞަލް ނަސީމަށް ޙިއްޞާ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ އަތޮޅުގެ ގިނަ ރަށްރަށުގައި ޞިއްޙީ ދާއިރާއިން ހުރި މައްސަލަތަކާއި ރަށްރަށަށް ދިމާވެފައިވާ ސާފު ބޯފެނާއި ނަރުދަމާގެ މައްސަލަތަކެވެ. މީގެ އިތުރުންވެސް، އަތޮޅު ކައުންސިލަރުން ވަނީ ދ. އަތޮޅުގެ ވަކި ވަކި ރަށްރަށުގެ ބައެއް މައްސަލަތައް ފާހަގަކުރައްވާފައެވެ.

އޭގެތެރޭގައި މީދޫ ބަނދަރުގެ މައްސަލައާއި، ހިއްކި ބިމުން ދޫކުރުމާއި، ބަނޑިދޫގެ ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި، މަލްޓިޕަރޕަސް ހޯލްގެ މައްސަލަ ހިމެނެއެވެ. އަދި، ކައުންސިލަރުން ވަނީ ރިނބުދޫ ފަޅު ގޯތި ތަކުގެ މައްސަލައާއި، ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތައް ވެސް ފާހަގަކުރައްވާފައެވެ. މީގެއިތުރުން މި ބައްދަލުކޮށްލެއްވުމުގައި ކައުންސިލަރުން ވަނީ ހުޅުދެއްޔަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމާއި، މާއެނބޫދޫގެ ބަނދަރުގެ ދަތިކަމުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ނިލަންދެ އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލަރުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާ މަޝްވަރާ ކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އައިޝަތު އަލީ