އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ކޮމަންވެލްތު އެސެސްމަންޓް ޓީމެއް ރާއްޖެ އަށް ވަޑައިގެންފި

ކޮމަންވެލްތު އެސެސްމަންޓް ޓީމެއް ރާއްޖެ އަށް ވަޑައިގެންފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ ދެވަނަ އެސެސްމަންޓް ޓީމް މިއަދު މެންދުރު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.

ކޮމަންވެލްތުގެ ޓީމެއް ރާއްޖެއަށް ވަޑައިގެންފައި މިވަނީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވަނިކޮށެވެ. 

ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންނެވި ކޮމަންވެލްތު ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތްކުރައްވަނީ ކޮމަންވެލްތު ސެކްރެޓޭރިއެޓްގެ ގަވަރނަންސް އެންޑް ޕީސް ޑައިރެކްޓަރޭޓްގެ ސީނިއަރ ޑިރެކްޓަރ މިސް ކެޓަލައިނާ ސަޕްލޯ އެވެ. ކޮމަންވެލްތު ޓީމުގެ ދަތުރުފުޅުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ޝަރުޢީ ދާއިރާގެ ބައެއް ފަރާތްތަކާއިއެކު ބައްދަލުކުރައްވާނެއެވެ. 

ކޮމަންވެލްތުގެ ފުރަތަމަ އެސެސްމަންޓް ޓީމް ރާއްޖެއަށް ވަޑައިގެންފައިވަނީ އެޖަމާޢާތުގެ މެމްބަރުކަން އަލުން ދިވެހިރާއްޖެއަށް ދެއްވުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެދިވަޑައިގަތުމާއި ގުޅިގެން، 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި 2019 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒަރވްކުރުމަށް ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕެއް ރާއްޖެއަށް ވަޑައިގެން، އިންތިޚާބުގެ ކަންކަން ހިނގި ގޮތާއިމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައިވެއެވެ. 

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ދިވެހިރާއްޖެއިން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް މިދިޔަ ޖޫން މަހު މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އަތްޕުޅަށް އަރުވާފައެވެ. 

ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެޖަމާޢަތުގެ މެމްބަރަކަށްވުމަށް އަލުން ހުށަހެޅުމަށް މިސަރުކާރު ވެރިކަމަށް އައި ފުރަތަމަ ހަފްތާގެ ތެރޭގައިވަނީ ނިންމަވައި، އެމަސައްކަތް ފެށާފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު