އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިސްލާމް ދީނާ ދުރު ކަންކަން ސަރުކާރު ލައްވައި މިކުރުވަނީ ރައީސް ޞާލިޙަށް ހެޔޮ އެދޭ ބައެއްތަ؟

އިސްލާމް ދީނާ ދުރު ކަންކަން ސަރުކާރު ލައްވައި މިކުރުވަނީ ރައީސް ޞާލިޙަށް ހެޔޮ އެދޭ ބައެއްތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 5 ސިކުންތު

މިއަދު އެންމެ ގިނަ ބައަކު ކުރާ އެއް ސުވާލަކީ އިސްލާމް ދީނާއި ދުރު ކަންކަން ސަރުކާރު ލައްވައި މިކުރުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހެޔޮ އެދޭ ބައެއް ކަމާއިމެދުގައެވެ. އެފަދަ ކަންކަން ކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވާނެ ކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެވެއެވެ. 

"މިހާރު އެބަ އަޑު އިވޭ މީހުން އުޅޭ ބޮޑެތި ރަށްރަށުގެ ބައެއް ފަތުރުވެރިކަމަށް ޚާއްޞަކުރާ ވާހަކަ. ކުރިންވެސް އެފަދަ ނިންމުމެއް ނިންމި. އަދި އެސަރަހައްދަކީ ރަށުގެ ބައެއް ނޫން ކަމަށް ކަނޑައަޅައި ބަނގުރާ ވިއްކަން ހުއްދަކުރި. އެއީ ސަރުކާރު ވެއްޓެން މެދުވެރިވި އެއް ސަބަބު. ރައްޔިތުންގެ ގިނަ ބައަކު އެންމެ ރުޅިގަދަވި އެއް ސަބަބު. އަނެއްކާ ވެސް މިފެންނަނީ އެފަދަ ކަންތައްތަކެއްގެ ކޮޅުމަތި. މިއީ ވަރަށް މޮޅަށް ރާވައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދޭން އުޅޭ ބޮޑު ލަގާއެއް ކަމަށް ޤަބޫލުކުރެވެނީ. އެއިރުވެސް އެ ލަފާތައް ރައީސް ނަޝީދަށް އަރުވައި ކޮޅުކެހި ދިން މީހުން މިހާރުވެސް އިސް ސަފުގައި ތިބީ." މިއީ ވެސް ބައެއް މީހުންގެ ވިސްނުން ހުރި ގޮތެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް އަދާ ކުރައްވާ އަދި ޖަމާއަތުގައި ރޭ އަޅުކަން ކުރައްވަން ލޯބި ކުރައްވާ ވެރިއެކެވެ. އެހެންކަމުން އެފަދަ ދީންވެރި ވެރިއެއްގެ އަމިއްލަފުޅު ވިސްނުންފުޅުން އިސްލާމް ދީނާއިމެދު މައްސަލަތައް އުފެދޭނެ ކަންކަން ކުރައްވާނެ ކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ. ރައްޔިތުންގެ ގިނަ ބައަކު ރުޅިގަދަވާނެ ކަންކަން ކުރައްވާނެ ކަމަށްވެސް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން ނުލެވިގެން އުޅޭ ބައެއް މީހުންނަކީ މިވެރިކަން ވީހައި އަވަހަކަށް ނިންމައި ވެރިކަމަށް އަންނަން ބޭނުންވާ މީހުން ކަމަށް ވެސް ގިނަ ބައަކު ޤަބޫލުކުރެއެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަންކަން ނިންމަވާނީ މިފަދަ ހުރިހާ ކަންކަމަށް ބައްލަވައިގެން ކަމަށް ވެސް ގިނަ ބައަކު އުންމީދުކުރެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
0%
ރަނގަޅު
18%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް