އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފިރިހެނުން ފަހަތުގަ ލައިގެން އިމާމްވެ ހުކުރުކުރާ އާމިނާ ވަދޫދު ރާއްޖެ ގެނެސް އޭނާގެ ވިސްނުން ފެތުރުނީތީ ފަޚުރުވެރިވާ ބައަކުވެސް ތިބޭނެ!

ފިރިހެނުން ފަހަތުގަ ލައިގެން އިމާމްވެ ހުކުރުކުރާ އާމިނާ ވަދޫދު ރާއްޖެ ގެނެސް އޭނާގެ ވިސްނުން ފެތުރުނީތީ ފަޚުރުވެރިވާ ބައަކުވެސް ތިބޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ފިރިހެނުން ފަހަތުގައި ލައިގެން އިމާމްވެ ހުކުރުކުރާ އާމިނާ ވަދޫދު ރާއްޖެ ގެނެސް އޭނާގެ ވިސްނުން ދިވެހިންނަށް ފެތުރުނީތީ ފަޚުރުވެރިވާ ބައަކުވެސް ތިބޭނެއެވެ. އަދި އިސްލާމީ މަރުކަޒުގައި އެކަން ކުރެވުނުކަމަށްޓަކައި އިތުރަށް އުފާކުރާނެއެވެ. 

އިސްލާމް ދީން ނިކަމެތި ކުރުމަށް ކުރެވޭ ކޮންމެ ކަމެއް ރާއްޖޭގައި ކުރެވިއްޖެ ނަމަ އެކަމަށް އުފާކުރާ ބައަކު ތިބޭނެއެވެ. އެފަދަ ކަންކަން މިހާރަކަށް އިތުރުވެފައިވާތީ މާބޮޑަށްވެސް އުފާކުރާނެއެވެ. ޢިޝާ ނަމާދަށްފަހު މިސްކިތްތަކުގައި ދޭ ދަރުސްތަކުގެ އަޑު ތާޅަފިލިން ފޮނުވަން ހުރަސްތައް ހުރި ނަމަވެސް މަގުމަތީގައި ރޭގަނޑު ބާއްވާ ސިޔާސީ ބައްދަލުވުންތަކުގެ އަޑު ބޭނުންވަރަކަށް ގަދަކުރެވޭތީ ފަޚުރުވެރިވާ ބައަކުވެސް އުޅޭނެއެވެ. 

އިސްލާމް ދީނުގެ ޙައްޤު ބަސް ވިދާޅުވުމުން ދީނީ ޢިލްމުވެރިން ހައްޔަރުކޮށް އަދަބު ދިނީތީ ފަޚުވެރިވާ ބައަކުވެސް އުޅޭނެއެވެ. އެކަމުގެ ސަބަބުން އިސްލާމް ދީން ފަތުރަން ހުރަސް އެޅުނީތީއެވެ. ބީއޭ ނަސީމް، ޝައިޚް މުޙައްމަދު އިބްރާހީމް، ޝައިޚް ޙުސައިން ޔޫސުފް، އުސްތާޛް ހުސައިން ރަޝީދު އަހްމަދު ފަދަ އަނިޔާ ލިބިވަޑައިގެންނެވި ޢިލްމުވެރިންގެ ލިސްޓް ވަރަށް ދިގެވެ. 

ބީއޭ ނަސީމްގެ ޙަޔާތްޕުޅަށް ބަލައިފިނަމަ ގިނައީ ބަންދުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ދުވަސްތައްކަން ނުވަތަ ނޫންކަން އެނގޭނީ ހިސާބުބެލުމުންނެވެ. 

ޤުނޫތު ނުކިޔައިގެން މީހުން ހައްޔަރުކޮށް އަދަބު ދިނީތީ އުފާކުރާނެ ބައަކުވެސް އުޅޭނެއެވެ. އެއީ އެކަމަށް ބިރުން ގިނަ ބައަކު އެއިރު ޖަމާއަތަށް މިސްކިތަށް ނުދިއުމުން ފަތިސް ނަމާދުގެ ޖަމާއަތް ކުޑަވީތީ ލިބުނު ހިތްހަމަޖެހުން ބޮޑުކަމުންނެވެ.

ރާއްޖޭގައި އިސްލާމް ދީން މަތިވެރިކުރުމަށާއި ނަގަހައްޓައި ދަމަހައްޓަން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަންޖެހިފައި މިވަނީ އެފަދަ ސަބަބުތަކަށްޓަކައެވެ. އެ މަސައްކަތުގައި އެމީހަކު ބައިވެރިވުމާއި ނުވުމަކީ އެމީހެއްގެ ކަމެކެވެ. ޤިޔާމަތާއި ޖެހެންދެން ﷲ ތަޢާލާ އެކަލާނގެ ދީން މަތިވެރިކުރައްވަވާނެތެވެ. 

އާރޓިކަލް ރޭޓްކުރައްވާ


24%
ވ.ރަނގަޅު
16%
ރަނގަޅު
44%
އޯކޭ
16%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް