އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެމޭޒަން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑު ނިއްވާލަން އެހީތެރިވުމަށް ބްރެޒިލް ސިފައިން ފޮނުވައިފި!

އެމޭޒަން ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑު ނިއްވާލަން އެހީތެރިވުމަށް ބްރެޒިލް ސިފައިން ފޮނުވައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 51 ސިކުންތު

ހުއްޓުމެއްނެތި އަނދަމުންާ އެމޭޒަން ޖަންގަލީގެ އަލިފަންގަނޑު ނިއްވާލުމަށް އެހީތެރިވުމަށް، ބްރެޒިލްގެ ސިފައިން މިއަދު ފޮނުވައިފިއެވެ.

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ ގެ އަމުރުފުޅަށް އެޤައުމުގެ ސިފައިން އަލިފާން ނިއްވާލުމަށް އެހީތެރިވުމަށް ގޮސްފައިވަނީ، އެމޭޒަން ޖަންގަލި އަނގާހުލިވަމުން ދާތީ އެކަމާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކުރުމަށް ފަހުއެވެ.

އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ފަށާފައިވީނަމަވެސް، އެމޭޒަން ޖަންގަލީގައި ރޯވުމުގެ ސަބަބުން ބްރެޒިލްގެ ރައީސަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއްބަޔަކު ބުނިގޮތުގައި މިއަލިފާންގަނޑު ރޯވާންވެސް މެދުވެރިވީ ބޮލްސޮނާރޯ ގެ ސަބަބުންނެވެ. މީއީ އެމޭޒަން ޖަންގަލީގެ ގަސް ކެނޑުމަށާއި މައިން ކުރުމަށް ބްރެޒިލްގެ ރައީސް ހިތްވަރު ދިނުމުގެ ސަބަބުން މެދުވެރިވި ކަމެއް ކަމަށް ވެސް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ.

ދެކުނު އެމެރިކާގެ ބްރެޒިލްގައި އުފެދިފައި އޮންނަ އެމޭޒަން ޖަންގަލީގެ ރޯވެ އަނދަމުން ދިޔައިރުވެސް ބްރެޒިލްއިން މިފާއިތުވީ ދުވަސްތަކުގައި އެކަމާއިމެދު އެއްވެސް ކަމެއް ނުކޮށް ހުރުމުގެ ސަބަބުން ބައިނަލްއަގްވަމީ ބައެއް ފަރާތްތަކުން ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ. އެގޮތުން އެމޭޒަން ޖަންގަލީގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ނުކޮށްފިނަމަ ބްރެޒިލްގެ އިގްތިސާދަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ ބައެއް ޤައުމުތަކުން ވަނީ އިންޒާރު ދީފައެވެ.

މީގެއިތުރުން ފްރާންސާއި ފިންލޭންޑުން ބުނެފައިވަނީ ދެކުނު އެމެރިކާގެ ޤައުމުތަކާއެކު އެއްވެސް މަތީ ވިޔަފާރީގެ މުއާމަލާތެއް ނުހިންގާނެ ކަމަށެވެ. އެމޭޒަން ޖަންގަލީގައި ރޯވި އަލިފާންގަނޑު ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ބްރެޒިލް އިން ނުކުރުމުގެ ސަބަބުން ފިންލޭންޑްގެ ޚާރިޖީ ވަޒީރު ވަނީ ބްރެޒިލުން އިމްޕޯޓްކުރާ ގެރިމަސްފަދަ ތަކެތި އިމްޕޯޓްކުރުން މަނާ ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ވެސް ގޮވާލާފައެވެ.

އެމޭޒަން ޖަންގަލީގައި އަލިފާން ރޯވީ ހޫނުގަދަ މޫސުމުގެ ސަބަބުން ކަމަށް ބައެއް މީހުން ބުނި ކަމުަގއިވިޔަސް، އަނެއްބައި މީހުން ބުނިގޮތުގައި އެއީ ބަޔަކު ގަސްތުގައި ކުރިކަމެކެވެ.

ބައެއް ދަނޑުވެރިންނަށް އެމޭޒަން ޖަންގަލިން ހުސް ބިން ލިބިއްޖެނަމަ ވަރަށް ފައިދާ ކުރާނެކަމަށް ބައެއް މީހުން ބުނެފައިވެއެވެ. މިކަމަށް ހިތްވަރުދެއްވާ ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ވަނީ ތިމާވެށިގެ ހިމާޔަތުގައި ވާހަކަދައްކާ އެކްޓިވިސްޓުންނަށް ވަރަށް ބޮޑަށް މީގެ ކުރިން ފާޑު ކިޔުއްވާފައެވެ. އަދި އެމޭޒަން ޖަންގަލިން އިތުރު ހުސްބިން ދަނޑުވެރިންނަށާއި މައިން ކުރުމަށް ލިބިއްޖެނަމަ ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ބޮލްސާރޯގެ ސަރުކާރުން އެމޭޒަން ޖަންގަލި ހަލާކުވާން ދޫކޮށްލުމުގެ ސަބަބުން، ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު ވަނީ މިކަމާއި ދެކޮޅަށް އަޑު އުފުލާ، އެމޭޒަން ޖަންގަލި ސަލާމަތް ކުރުމަށް އެހީތެރިވެ ދިނުމަށް ދުނިޔެއަށް ގޮވާލާފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ