އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެން ބައި ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބިއްޖެ

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެން ބައި ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އަންނަ އަހަރުގެ ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ އަންހެން ބައި ރާއްޖޭގައި ބާއްވަން ފުރުޞަތު ލިބިއްޖެއެވެ.

ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު ބާއްވާ ސެންޓްރަލް ޒޯން ވޮލީ މުބާރާތގެ އަންހެން ބައި ރާއްޖޭގައި ބޭއްވުމަށް ފުރުޞަތު ލިބިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ ބައިނަލްއަޤުވާމީ އެންމެބޮޑު ވޮލީ މުބާރާތެވެ.

އެހެންނަމަވެސް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފިރިހެން ބައި 2017 ވަނަ އަހަރު ވަނީ ރާއްޖޭގައި ބާއްވާފައެވެ. އެއަހަރުގެ މުބާރާތުގައި ވާދަކުރީ ތުރުކަމިނިސްތާން، ނޭޕާލް، ކިރިގިސްތާން އަދި ރާއްޖެއެވެ.

މި މުބާރާތް ބޭއްވުމަށް ރާއްޖެއަށް ފުރުޞަތު ލިބުނު އިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް ބޭއްވުމަށްވެސް ރާއްޖެއަށް ވަނީ ފުރުޞަތު ލިބިފައެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް