އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އިންޓަރނޭޝަނަލް 4 ނޭޝަންސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ފުރައިފި

އިންޓަރނޭޝަނަލް 4 ނޭޝަންސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޓީމު ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

އިންޓަރނޭޝަނަލް 4 ނޭޝަންސް ކަޕްގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން 16 އަހަރުންދަށުގެ ޓީމު ފުރައިފިއެވެ.

މި މުބާރާތް އޮންނާނީ ގަތަރުގެ ވެރިރަށް ދޯހާގައި މި މުބާރާތް އޮންނާނީ މި މަހުގެ 23 އިން 30 ގެ ނިޔަލަށެވެ.

މި މުބާރާތުގައި މުޅިން އަލަށް މި މުބާރާތުގައި ރާއްޖޭގެ ޓީމު ވާދަކުރާ އިރު، ޓީމުގެ ކޯޗުގެ މަޤާމަށް ހަމަޖައްސާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ކޯޗުކަންކޮށްދީ، ގިނަ ކަމިޔާބީތަކެއް ހޯދާފައިވާ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

ޒުވާން ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރަނގަޅު ފުޓްބޯޅަ ޓީމެއް ބިނާކުރުމުގެ ގޮތުންނެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރަން ނިންމީ މިހާރު ފަށާފައިވާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަނުކުރުމަށް ނިންމުމަށްފަހުއެވެ.

އެފްއޭއެމް އިން ބުނީ ސާފް މުބާރާތުގައި ބައިވެރިނުވީ ދެ މުބާރާތް އެއްތާރީޚެއްގައި އޮތުމުން ކަމަށާއި އެ އެސޯސިއޭޝަނުގެ ޓެކްނިކަލް ޓީމަށް ފެންނަ ގޮތުން ސާފް މުބާރާތުގައި ބައިވެރިވާ އޭޝިއާގެ ޓީމުތަކަށްވުރެ ގަތަރު މުބާރާތުގައި ވާދަކުރާ ޓީމުތައް ވަރުގަދަ ކުރުމަށް ކަމަށެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް