އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރައީސް ޔާމީންގެ ޝަރީޢަތް: ރައީސް ޔާމީން ޒިޔަތު އާއި ސުވާލު ކުރައްވަނީ!

ރައީސް ޔާމީންގެ ޝަރީޢަތް: ރައީސް ޔާމީން ޒިޔަތު އާއި ސުވާލު ކުރައްވަނީ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 17 ސިކުންތު

15:50: ރައީސް ޔާމީން ޒިޔަތު އާއި ސުވާލު ކުރައްވަނީ

 

15:51: ކޮންމެ އަހަރަކު ދޫކުރާނެ ރަށްތަކާއި ފަޅުތަކުގެ އަދަދާއި އާމްދަނީ ލަފާކުރަނީ ކުންފުނީގެ ބޯޑުން އަދި އެމްޑީ ނޫންތޯ ޔާމީން ސުވާލުކުރެއްވުމުން ޒިޔަތު ވިދާޅުވީ އިކުއިޒިޝަން ކޮސްޓްގެ ކަންތައް ހިންގަނީ ކުންފުންޏަށް އެނގިގެން ނޫން ކަމަށް.

 

15:53: ރައީސް ޔާމީން ވިދާޅުވީ ޒިޔަތާއި ފޯނުން ގުޅައިގެން މުއާމަލާތް ނުކުރައްވާ ކަމަށާއި ބައްދަލުވެސްވީ އެންމެ ފަހަރަކު ކަމަށް.

 

15:55: އެމްއެމްޕީއާރްސީން ރަށްތަކާއި ފަޅުތައް ދޫކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް އޮންނައިރު، އެ ހަދަނީ ޓޫރިޒަމް މިނިސްޓަރު ކަމަށާއި، އެ އުސޫލި އޭސީސީ އަދި އޮޑިޓަ ޖެނެރަލް ފާސްކުރިން ނޭނގޭ ކަމަށް ޒިޔަތު ވިދާޅުވި

 

15:55: ޒިޔަތު ވިދާޅުވީ އިކުއިޒިޝަން ކޮސްޓާ މެދު އަމަލުކުރަނީ ރައީސް ވެސް އަންގަވާ ގޮތުގެ މަތިން ކަމަށް. އަދި އެ މައުލޫމާތު ކުންފުނީގެ ބޯޑާ ހިއްސާ ނުކުރައްވާ ކަމަށް. އަދި ޔާމީން ޒިޔަތަށް ގުޅުއްވައި އިރުޝާދު ދެއްވާ ކަމަށް ވިދާޅުވެފައި ވާތީ ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ދުވަހަކު ވެސް ޒިޔަތާ ފޯނުން މުއާމަލާތު ނުކުރައްވާ ކަމަށާއި ބައްދަލުވީ ވެސް އެންމެ ފަހަރަކު ކަމަށާއި އެއީ ފުލުހުންގެ ތަހުގީގެއްގައި ކަމަށް.

 

16:11: "ރައީސް ޔާމީން އަންގައިގެން ތިހާ ބޮޑު ގާނޫނާ ހިލާފް ކަމެއް ކުރެއްވީ" ކީއްވެތޯ ޔާމީން ސުވާލުކުރެއްވި. ޒިޔާތު ވިދާޅުވީ އަދީބު އަންގަވާ ގޮތް ހަދަން ޔާމީން ކުރިން އޮތީ އަންގަވާފައިވާ ކަމަށާއި އެކަމަކު އެއީ ބަންޑާރަ ނައިބު ނުވަތަ އޮޑިޓަ ޖެނެރަލްގެ ފަދަ ފަރާތެއްގެ ލަފާ ދީގެން ނޫން ކަމަށް. ޔާމީން ކަންކަން އަންގަވަނީ ލިޔުމުން ނޫން ކަމަށާއި އަނގަބަހުން ކަމަށް ޒިޔަތު ވިދާޅުވި.

 

16:12: "މިއަދުވެސް ތިއެއްބަސްވެ ވަޑައިގަންނަވަނީ ޤާނޫނާއި ޚިލާފު ކަންތައްތަކެއް ކުރެއްވިކަމަށް ދެއްތޯ" ރައީސް ޔާމީން ސުވާލު ކުރެއްވުމުން ޒިޔަތު ވިދާޅުވީ "އެހެންވެ ނޫންތޯ އަޅުގަނޑަށް މިހުރީ ހުކުމް ކޮށްފަ"!

އާރޓިކަލް ރޭޓްކުރައްވާ


31%
ވ.ރަނގަޅު
18%
ރަނގަޅު
12%
އޯކޭ
37%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ