އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 48 ސިކުންތު

ގިނަ މައްސަލަތަކެއް ތުހުމަތު ކުރެވިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖޭއެސްސީ އާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލް ކޮށްފި އެވެ.

 

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއި އެކު އޭނާ ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓަށް ބަލައިގަނެ، ޖޫން މަހުގެ 13 ވަނަ ދުވަހު ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. އެގޮތުން އެއިރު ނެރުނު ވަގުތީ އަމުރުގައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކުރުމާއި، އެ މައްސަލަ އާއި ގުޅިގެން ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ޖޭއެސްސީން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި ކުރިއަށް ނުގެންދިއުމަށެވެ.

 

މިމައްސަލާގައި ބާއްވާ ފުރަތަމަ އަޑުއެހުން އޮންނާނީ މާދަމާ 13:15ގަ އެވެ.

 

މިމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.

 

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ