އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިރާގު ޕޭ އިން ފައިސާދައްކައިގެން ދިރާގު ރޯޑު ރޭހުގައި ބައިވެރިވޭ. ޑިސްކައުންޓު ލިބޭނެ!!

ދިރާގު ޕޭ އިން ފައިސާދައްކައިގެން ދިރާގު ރޯޑު ރޭހުގައި ބައިވެރިވޭ. ޑިސްކައުންޓު ލިބޭނެ!!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 38 ސިކުންތު

 

މުވާސަލާތީ ކުންފުނި ދުރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިރާގު ރޯޑް ރޭހުގެ މިއަހަރުގެ އިވެންޓުގައި 'ދިރާގު ޕޭ' އިން ފައިސާ ދައްކައިގެން ޑިސްކައުންޓު ލިބޭނެކަމަށް ދިރާގުން ބުނެފިއެވެ.

ހުޅުމާލޭގައި އަންނަ ސެޕްޓެމްބަރ މަހުގެ 20 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގައި ބައިވެރިވުމަށް www.dmrr.mv

އިން ހުޅުވާލާފައިވާ އިރު، ދިރާގު ޕޭ މެދުވެރިކޮށް ފައިސާދައްކާ ފުރަތަމަ 1000 ފަރާތަށް 50 ޕަސެންޓު ޑިސްކައުންޓު ލިބޭނެކަމަށް ދިރާގުން ބުނެއެވެ. އަދި އެ ބައިވެރިންނަށްދޭ 50 ޕަސެންޓު ޑިސްކައުންޓާ އެކު އެ ދުވުންތެރިޔާގެ ފަރާތުން އަނެއް 50 ޕަސެންޓު ޑޮނޭޓްކުރާނީ ދިރާގުންކަމަށްވެސް ބުންޏެވެ.

ރަޖިސްޓްރޭޝަން ފީ ދައްކަން އޮންނަ ދެ ގޮތަކީ "ދިރާގު ޕޭ" އާއި ބެންކް އޮފް މޯލްޑިވްސް ގޭޓްވޭ އެވެ.

ރޭހުގެ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގާ 100ރ. އަކީ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ދިރާގުން ދޭ އެހީއެކެވެ. އަދި ރަޖިސްޓްރޭޝަނަށް 100ރ. ދައްކަން އޮތަސް އެއަށްވުރެ ގިނައިން ކޮންމެ ޢަދަދަކަށްވެސް އެބައިވެރިއަކަށް ދެއްކިދާނެއެވެ.

2007 ވަނަ އަހަރު ތަޢާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވަމުން އަންނަތާ މިއީ 13 ވަނަ އަހަރެވެ. މިއަހަރުގެ ރޭހުގައި އެހެން އަހަރުތަކާއި ޚިލާފު ކަންތައްތަކެއް ވަނީ ހިމަނާފައެެވ.

އެގޮތުން މިއަހަރުގެ ރޭހުގެ ބައިވެރިންނަށް އެބައިވެރިއަކު ބޭނުންވާ ބިބް ނަމްބަރެއް އިޚްތިޔާރު ކުރުމުގެ ފުރުޞަތު 500 ރުފިޔާގެ ރެޖިސްޓްރޭޝަނަކާއެކު ބޭނުން ބިބް ނަމްބަރެއް އިޚްތިޔާރު ކުރެވިދާނެއެވެ.

މީގެ އިތުރުން މިއަހަރުގެ ރޭހުގައި 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 06:00 ގައެވެ. އަދި 5 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހަވީރު 16:30 ގައެވެ.

މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަޤުވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓެވެ. އަދި 2015 ވަނަ އަހަރާ ހަމަޔަށް މާލޭގައި ބާއްވަމުން އައި މި އިވެންޓު 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ހުޅުމާލޭގައެވެ.

 

މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ އިރު، މިހާރުވެސް ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް