އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

އެމްއޭ ޔުނައިޓެޑް ބަލިކޮށް ސައިނޯސާ އިން ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި

އެމްއޭ ޔުނައިޓެޑް ބަލިކޮށް ސައިނޯސާ އިން ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 27 ސިކުންތު

އެމްއޭ ޔުނައިޓެޑް ބަލިކޮށް ސައިނޯސާ އިން ލެވިސްތާ ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފިއެވެ.

ބ. އޭދަފުށި ވެލާ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތް އެޓީމުން ކާމިޔާބުކުރީ ޢަލީ އަޝްފާގް (ދަގަނޑޭ) ގެ އެހީތެރިކަމާ 4-2 އިންނެވެ.

މި މެޗު ސައިނޯސާއިން ކާމިޔާބުކުރީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނުނު އެމްއޭ ޔުނައިޓެޑުން ދެ ގޯލު ޖަހާފައި ވަނިކޮށް މެޗުގެ ފަހު 20 މިނެޓުގައި ފަހަތުން އަރައި ހަތަރު ގޯލު ޖަހައިގެންނެވެ.

ދެ ޓީމުގައިވެސް އެއްވަނަ ޑިވިޜަނުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުނު މެޗުގެ ފުރަތަމަ ގޯލު އެމްއޭ ޔުނައިޓެޑުން ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. ދެ ވަނަ ހާފުގައި އެމްއޭ ޔުނައިޓެޑުން ލީޑު ފުޅާކުރީ ސެންޓޭގެ ބޭބެ މުހައްމަދު ފާސިރު ޖެހި ގޯލުންނެވެ.

ސައިނޯސާ ޓީމުން މެޗު ތެރެއަށް ވަނީ އެމްއޭ ޔުނައިޓެޑްގެ ސާމީ އިބްރާހީމް އަތުން ބައިކޮޅަށް ވަތް ގޯލުންނެވެ. އޭގެ ފަހުން އެޓީމުން ވަނީ ގާތްގާތުގައި ގިނަ ހަމަލާތަކެއް އުފައްދައި ޕްރެޝަރު ބޮޑުކޮށްފައެވެ.

ސައިނޯސާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދަގަނޑޭ ނަގައިދިން ހުރަހަކުން ހަމްދާން އަބްދުއްސައްތާރު ބޮލުން ޖެހި ގޯލުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު އިރުކޮޅެއް ތެރޭ ސައިނޯސާއިން މެޗުގައި ލީޑު ނެގީ ދަގަނޑޭ ހޯދައިދިން ޕެނަލްޓީއަކުން މުހައްމަދު އުމެއިރު އެވެ.

އޭގެ ފަހުން ސައިނޯސާއަށް ތަށި ޔަގީންކޮށްދިން ގޯލު މެޗު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމް ހޯދީ ސައިނޯސާ ޓީމަށް ކުޅުނު ކްލަބް ގްރީން ސްޓްރީޓްސްގެ އުމެއިރު އެވެ. އެންމެ މޮޅު ފޯވަރޑުގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދަގަނޑޭ އެވެ. ދަގަނޑޭ ވަނީ މުބާރާތުގައި ހަ ގޯލު ޖަހާފައެވެ.

އެންމެ މޮޅު ޑިފެންޑަރަކަށް އެމްއޭ ޔުނައިޓެޑަށް ކުޅުނު ގްރީން ސްޓްރީޓްސްގެ އަލް ސައީދު ހޮވުނުއިރު 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެޓީމުގެ އަނޫސް މުހައްމަދު އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމް ހޯދީ އެއްވަނަ ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅުނު މުހައްމަދު އިމްރާން އެވެ.

މިއީ ކޮންމެ އަހަރަކު އޭދަފުށީގައި ބާއްވާ ބޮޑު އީދުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދި ފަސް ވަނަ ފަހަރެވެ.

އެންމެ ފަހުން މި މުބާރާތުގެ ޗެމްޕިއަންކަން ސައިނޯސާ ޓީމުން ހޯދީ 2000 ވަނަ އަހަރު އެވެ. އޭގެ ކުރިން އެޓީމުން ވަނީ 1997 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު އަހަރު މި މުބާރާތުގެ ތަށި ހޯދާފަ އެވެ.

މިފަހަރު އެޓީމަށް ޗެމްޕިއަންކަން ލިބުނީ 18 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. މި ކާމިޔާބީއާ އެކު އެޓީމު ވެފައިވަނީ އެމްއޭ ޔުނައިޓެޑާ އެކު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަށެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް