އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށުގެ 57% ރައްޔިތުންނަށް މަސްތުވާތަކެތީގެ މައްސަލަތަކުން ނޭދެވޭ އަސަރުކޮށްފަ!

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށުގެ 57% ރައްޔިތުންނަށް މަސްތުވާތަކެތީގެ މައްސަލަތަކުން ނޭދެވޭ އަސަރުކޮށްފަ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު

ރާއްޖޭގެ އެންމެ މަޝްހޫރު ރަށްތަކުގެ ތެރެއިން އެއް ރަށުގެ ގިނަ ބައަކު މަސްތުވާތަކެތި ބޭނުންކުރާތީ އެކަމުގެ ނޭދެވޭ އަސަރު ރަށުގެ ގާތްގަނޑަކަށް 75% ރައްޔިތުންނަށް ކޮށްފައިވާ ކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

ހަޤީޤަތް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވީ ރަށުގެ ގިނަ ބައަކު މަސްތުވާތަކެތި ބޭނުންކުރަމުންދާ ކަމަށާއި އަދި ގިނަ އަދަދެއްގެ ފިރިހެނުން މަސްތުވާތަކެތި ބޭނުންކުރާތީ އެމީހުންގެ އަނބިންނަށް މައްސަލަތައް ކުރިމަތިވެ އެކުގައި ދިރިއުޅެވެން ނެތިގެން ވަރީގެ މައްސަލަތައް ހުށަހަޅަމުން ގެންދާ ކަމަށެވެ. 

"އަޅުގަނޑު މިބުނަނީ ރަށުގެ 75 އިންސައްތަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަކަށް ނޫން. ރަށުގެ ގިނަ ބައަކު މަސްތުވާތަކެތި ބޭނުންކުރާތީ އެކަމުގެ ނޭދެވޭ އަސަރު 75 އިންސައްތަ ރައްޔިތުންނަށް ސީދާ ގޮތުގަ ކޮށްފައިވާ ވާހަކަ" ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

"އެމީހުން ބުނަނީ މަސްވެރިކަމުން ލާރިއެއް ލިބެނީ މަދު ދުވަހަކު ކަމަށް. ލިބޭއިރަށް ދަނީ މަސްތުވާތަކެތި ގަންނަން. ނޫނީ ކުރިން ނަގާފައިވާ ތަކެތީގެ ދަރަނި އަދާކުރަން. އަނބިދަރިންނަށް ޚަރަދުކުރަން ގެއަށް ގެންނާނެ ލާރިއެއް ބާކީވާ ކަމަކަށް ނުވޭ. އެ ބޭނުންކޮށްގެން ގެއަށް އަންނާކަށްވެސް ބޭނުމެއް ނުވޭ. ވަގުތު ހޭދަކުރަން ބޭނުންވަނީ އެކަން ކުރާ، އެކަމަށް ތަރުޙީބުދޭ ރައްޓެހިންނާއިއެކު. އެހެންވީމާ އެމީހުންނާ ކައިވެނިކޮށްގެން އުޅުމުގެ އެއްވެސް ބޭނުމެއް ނެތް." ކަމަށް ރަށުގެ ގިނަ އަދަދެއްގެ އަންހެނުން ބުނާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

އޭނާ މައުލޫމާތު ދިން ގޮތުގައި އެ ރަށަކީ މާލެއިން އުތުރުގައި ވަރަށް ގިނަ ގޮތްގޮތުން އެންމެ މަޝްހޫރު އެއް ރަށެވެ. 

ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މަސްތުވާ ތަކެތި ބޭނުން ކުރުން އިތުރުވެފައިވާ

ކަން ފާހަގަކޮށް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. ޢާއިލާގެ އެންމެ އިސްކޮށް ހުންނަ ފިރިހެނަކު މަސްތުވާތަކެތި ބޭނުންކުރާނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ޢާއިލާއަށް ކުރިމަތިވާކަން ގިނަ ބައަކު ފާހަގަކުރެއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
10%
ރަނގަޅު
30%
އޯކޭ
60%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް