އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފި

ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

ދިވެހި ޤައުމީ ފިރިހެން ވޮލީ ޓީމު ނޭޕާލަށް ފުރައިފިއެވެ.

މިއީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕް 2019 ގައި ވާދަކުރުމަށް ކުރާ ދަތުރެކެވެ.

މިއަހަރުގެ މުބާރާތުގައި 7 ޤައުމަކުން ބައުވެރިވެފައިވާ އިރު، މި ޤައުމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ތުރުކުމެނިސްތާނާއި ބަންގްލަދޭޝް އާއި އުޒްބެކިސްތާނު އަދި އަފްޣާނިސްތާން އޮތް އިރު، ގްރޫޕް ބީގައި އޮތީ ރާއްޖެ، ނޭޕާލް އަދި ކިރްގިސްތާނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ޓީމު ނުކުންނައިރު، ދެވަނަ މެޗުގައި އޭގެ އަނެއް ދުވަހު ރާއްޖޭގެ ޓީމު ނުކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ.

ޤައުމީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު ބުނީ މުބާރާތާ ކުރިމަތިލަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ.

' މިހާރު ހަމައެކަނި ބޭނުންވަނީ ރަން މެޑެއްޔެއް. މިފަހަރުގެ މުބާރާތާ ކުރިމަތިލަނީ އެ އަޒުމުގަ" ސާޖިދު ބުންޏެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް