އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މަހިބަދޫގައި ބޭއްވި ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ދަ ޖޯލި ޓީމުން ކާމިޔާބުކޮށްފި

މަހިބަދޫގައި ބޭއްވި ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ދަ ޖޯލި ޓީމުން ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

އދ. މަހިބަދޫގައި ބޭއްވި ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ދަ ޖޯލި ޓީމުން ކާމިޔާބުކޮށްފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ މިއަދުކުޅުނު ފައިނަލު މެޗުގައި ވާނުވާ އާއި ބައްދަލުކޮށް 0-1 ލަނޑުންނެވެ.

މިއަދުގެ ފައިނަލު މެޗު ޝަރަފްވެރިކޮށްދެއްވީ ކުރިން ފުޓްބޯޅަ ކުޅުއްވާފައިތިއްބެވި ދެ ލެޖެންޑުން ކަމަށްވާ އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ދޮންބިލެތް އަޙްމަދު ޙަލީމާއި އިބްރާހިމް ރަޝީދު (ބޮންޑާ) އެވެ.

މަހިބަދޫ ކައުންސިލުގެ ރައީސް އަޙްމަދު ޚަލީލު ވިދާޅުވީ މި މުބާރާތަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް މި މުބާރާތް ބޭއްވުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަނދާނީ ތައްޓާއި ކައުންސިލުން ހުށަހަޅާފައިވާ ހަތް ހާސް ރުފިޔާ ޙަވާލުކޮށްދެއްވީ ފައިނަލު މެޗުގެ ޝަރަފްވެރި މެހްމާނުންނެވެ. 

ރަނަރއަޕް ޓީމަށް ހުށަހަޅާފައިވާ ތިންހާސް ރުފިޔާ ޙަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން މަހިބަދޫއަށް އުފަން އިމްރާން މުހައްމަދު (އިންމަ) އެވެ.

މިއަދުގެ ރަސްމިއްޔާތު ނިމުމުން މަހިބަދޫގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނާއެކު ޚާއްޞަ ފޮޓޯއެއް ވަނީ ނަގާފައެވެ.

މިއީ އަތޮޅުތެރޭގައި ބޭއްވި ފުރަތަމަ ވެޓެރަންސް ފުޓްބޯޅަ މުބާރާތެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
100%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މުހައްމަދު އަފްރާޙް