އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ރަށުގެ އެންމެ ބޮޑު މިސްކިތަށް ޚިދުމަތްކުރާ ސީމާ ނިޔާވުން - ރަށުގެ އެންމެން ކަރުނައިން ފޯކޮށްލައިފި!

ރަށުގެ އެންމެ ބޮޑު މިސްކިތަށް ޚިދުމަތްކުރާ ސީމާ ނިޔާވުން - ރަށުގެ އެންމެން ކަރުނައިން ފޯކޮށްލައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ސީމާ މޫސާ ނިޔާވުމުގެ މައުލޫމާތު ހޯދަން މިއަދުނޫހުން ރޭ ގުޅިގުޅުމުން ވަރަށް ޚާއްޞަ ކަމެއް ފާހަގަކުރެވުނެވެ. އެއީ ފަހަރިއަކު ނިޔާވުމުން ޢާންމުކޮށް ރޮއި ނުހަދާވަރަށް ޢާއިލާއިން ރުއި ކަމެވެ. އެވަގުތު އެކަމުގެ އެއްވެ ސުވާލެއް ނުކޮށް މިއަދު ސުވާލުކުރުމުން ބުނީ "ދައްތަ ނިޔާވުމުން ކަރުނަ އަޅާނީ ހަމަ އެކަނި ޢާއިލާއެއް ނޫން. މުޅި ރަށްވެސް ކަރުނަ އަޅާނެ. މާނައަކީ ރަށުގެ ހުރިހާ ރައްޔިތުން ދެރަވެ ހިތާމަކުރާނެއޭ. ގިނަ ބައަކު ހަމަ ލޮލުން ކަރުނަވެސް އަޅާނެއޭ. ދައްތައަކީ އެންމެންނާއިވެސް ގުޅޭ އެހައިމެ ހިތް ހެޔޮ އަންހެނެއް. އެހެންވީމާ ދައްތަ ދެކެ އެންމެންވެސް އެވަރަށް ލޯބިވާނެ.   

އަދި އަހަރެމެންގެ ޢާއިލާ އަކީ 3 ފިރިހެނުންނާ 5 އަންހެނުން، ޖުމުލަ 8 ބެއިންގެ މައްޗަށް ހިމެނޭ ބޮޑު ޢާއިލާއެއް. ދައްތައަކީ ޢާއިލާގެ އެންމެންވެސް އެންމެ ލޯބިވާ އެކަކު." ކަމަށެވެ. 

- ސީމާ، ފިރިކަލުންނާއި އެންމެ ކުޑަ ދަރުފުޅާއެކު: 

މީހަކު ނިޔާވުމުން އެމީހަކަށް މީސްތަކުންގެ ލޯތްބާއި ތައްރީފްގެ ބަސްތައް ލިބުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢްމަތެވެ. އެއީ އެކަމުގެ ސަބަބުން އެމީހަކަށް ސުވަރުގެ ލިބުމަށް މަގުފަހިވާ ކަމަކަށްވާތީއެވެ.

 

- ސީމާ: ދޮށީ ދަރިފުޅުގެ ކާމިޔާބީގެ އުފަލުގަ ބައިވެރިވަނީ 

ސީމާ އަކީ ސިޓީ ކައުންސިލުގައި އެދިގެން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ހޯދައިގެން ރަށުގެ 3 މިސްކިތުން އެންމެ ބޮޑު މިސްކިތް ބަލަހައްތަމުން އަންނަ މިސްކިތަށް ޚިދުމަތް ކުރާ ޚިދުމަތްތެރިއެކެވެ.   

ސީމާގެ ފިރިކަލުންނަކީ ރަށުގެ ޞިއްޙީ މަރުކަޒުގައި 20 ވަރަކަށް އަހަރު އެޑްމިނިސްޓްރޭޓަރެއްގެ ގޮތުން ޚިދުމަތޔްކުރައްވާފައިވާ ބޭކަލެކެވެ. 

ޙައްޖު ގެ މަތިވެރި އަޅުކަން އަދާ ކުރަމުން ދަނިކޮށް ޢީދު ދުވަހު ސްޓްރޯކެއް ޖެހި ރޭ ނިޔާވި 

ސީމާ މޫސާ އަކީ ފ. ދަރަނބޫދޫ އަށް އުފަން އަންހެނެކެވެ. މަގޫދޫގައި ދިރިއުޅެމުން އަންނަނީ ފިރިމީހާގެ ރަށް ކަމުގައިވާތީއެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


26%
ވ.ރަނގަޅު
11%
ރަނގަޅު
26%
އޯކޭ
35%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް