އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މުޖުތަމައުއަށް ޚިދުމަތްކުރާ ނަމުގަ އުޅުނު އަންހެނަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ހުރިވަރުން ފަނޑިޔާރު ބިރުގަނެއްޖެ!

މުޖުތަމައުއަށް ޚިދުމަތްކުރާ ނަމުގަ އުޅުނު އަންހެނަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ހުރިވަރުން ފަނޑިޔާރު ބިރުގަނެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު

މުޖުތަމައުއަށް ޚިދުމަތްކުރާ އަންހެނެއްގެ ނަމުގައި އުޅުނު ރެބެކާ ނަމަކަށް ކިޔާ އުމުރުން 26 އަހަރުގެ އަންހެނަކު ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ހުރިވަރުން ފަނޑިޔާރު ބިރުގަނެއްޖެއެވެ. 

އިނގިރޭސިވިލާތުގެ ގްރިމްސްބީ ކްރައުން ކޯޓަށް ފުލުހުން ރެބެކާގެ މައްސަލަތައް ހުށަހެޅުމުން ފަނޑިޔާރު ބުނެފައިވަނީ ކޯޓުގެ މުޅި ހަޔާތުގައިވެސް ކުޑަކުދިންނަށް މިހައި ގިނަ ތަފާތު ޖިންސީ ގޯނާތައް ކުރި އަންހެނެއްގެ މައްސަލަ ހުށަހެޅިފައި ނުވާ ކަމަށެވެ. "ރެބެކާގެ މައްޗަށް ނެތް މައްސަލައެއް ނެތް. އޮންލައިނުން ފޮޓޯ ފޮނުވައި ޗެޓްކުރުމުން ފެށިގެން ރޭޕްކުރުމާއި ހަމައެކި ފެންވަރުގެ މައްސަލަތައް މިހިރީ. ބިރުން ހަލާކު. އަޅެ މިއީ އަންހެނެއްތަ؟ ނޫނީ.." 

ފުލުހުން ރެބެކާ އަތުލައިގެންފައިވަނީ ކުޑަކުދިންތަކަކަށް ފޯޓޯ އާއި ވީޑިއޯ ފޮނުވައި މުޢާމަލާތުކުރަމުން ދަނިކޮށް އެކަމަށް ބޭނުންކުރި ވަސީލަތްތަކާއިވެސް އެކުގައެވެ. އެހެންކަމުން ފުލުހުންގެ ހޯދުންތަކަށް ރެބެކާ ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު ކިތަންމެ މާތް ނަމެއްގައި މީހަކު އުޅުނު ނަމަވެސް އެމީހަކާއި ދަރިންނާއި ކުރާ މުޢާމަލާތުތައް ގާތުން މައިން ބަފައިން ނުބަލައި މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ. 

އާރޓިކަލް ރޭޓްކުރައްވާ


23%
ވ.ރަނގަޅު
20%
ރަނގަޅު
25%
އޯކޭ
30%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް