އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ލެވިސްތާ ކަޕްގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސައިނޯސާ ސެމީއަށް

ލެވިސްތާ ކަޕްގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސައިނޯސާ ސެމީއަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު

ލެވިސްތާ ކަޕްގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސައިނޯސާ ސެމީއަށް ދަތުރުކޮށްފިއެވެ.

ބ. އޭދަފުށީ ޓަރފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނު މެޗު ސައިނޯސާއިން ކާމިޔާބުކުރީ އެންޖޯއި ފްރެންޑްސްއާއި ވާދަކޮށް 0-9 ލަނޑުންނެވެ.

މި މެޗުން އެންޖޯއީ ފްރެންޑްސް ބަލިވުމުން ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް  ބަލިވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

މި މެޗުގައި ސައިނޯސާގެ ފުރަތަމަ ލަނޑު ދިހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޔަސްފާދް ހަބީބް (މުލަކޭ) އެވެ. އަދި ދެވަނަ ލަނޑު މެޗުގެ ބާވީސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ.

ސައިނޯސާގެ ތިންވަނަ ލަނޑު 38 ވަނަ މިނެޓުގައި އިޝާން އިބްރާހިމް (ސައްޓު) ޖަހައިދިން އިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މުހައްމަދު އުމައިރު ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފް ފަށައިގެން މެޗުގެ ސާޅީސް ހަވަނަ މިނެޓުގައި ޢަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އޭނާގެ ދެވަނަ ލަނޑު ޖެހި އިރު، ހަވަނަ ލަނޑު މެޗުގެ ފަންސާސް އެއްވަނަ މިނެޓުގައި ޖެހީ އިޝާން އިބްރާހިމް (ސައްޓު)އެވެ. އަދި މެޗުގެ ފަސްދޮޅަށް ހަތަރުވަނަ މިނެޓުގައި ސައްޓު ވަނީ އިތުރު ލަނޑެއް ޖަހާ ހެޓްރިކް ހަދާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުންވެސް ސައްޓު ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގައި ސައިނޯސާއިން ޖެހި ނުވަ ވަނަ ލަނޑު މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަމްދާން އަބްދުއްސައްތާރެއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗުގެ މަޤާމް ހޯދީ ސައިނޯސާ އެފްސީގެ އިޝާން އިބްރާހިމް (ސައްޓު) އެވެ.

މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ޔުނައިޓެޑް ވީއެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ލިބޭނެ ޓީމެއް ކަށަވަރުވަނީ މިއަދު ހަވީރު ވެލާ ސިޓީ އާއި ހުސްސޮގުން ބައްދަލުކުރާ މެޗު ނިމުމުންނެވެ.

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް