އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ ލޯންގޭ ޤައިމީ ޓީމަށް ވޮލީކުޅުން ހުއްޓާލަނީ

ތަޖުރިބާކާރު ވޮލީ ކުޅުންތެރިޔާ ލޯންގޭ ޤައިމީ ޓީމަށް ވޮލީކުޅުން ހުއްޓާލަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެމޮޅު ވޮލީކުޅުންތެރިންގެ ތެރޭގައިހިމެނޭ އަޙްމަދު ޢަބްދުލްކަރީމް (ލޯންގޭ) ޤައުމީ ޓީމަށް ވޮލީކުޅުން ހުއްޓާލަން އުޅޭކަމަށް އޭނާ ބުނެފިއެވެ.

ރާއްޖެއާއި ސްރީލަންކާގެ ޤައުމީ ވޮލީ ޓީމު ރޭކުޅުނު އެކުވެރިކަމުގެ ވޮލީމެޗަށްފަހު ލޯންގޭ ބުނީ އޭނާ ވޮލީކުޅުން ހުއްޓާލާނީ މި މަހު 18 ގައި ނޭޕާލުގައި ފަށާ ސެންޓްރަލް ޒޯން މެންސް ސީނިއަރ ވޮލީބޯޅަ މުބާރާތަށްފަހު ކަމަށެވެ.

2004 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ނިޔަލަށް މެދުކެނޑުމެއްނެތި ޤައުމީ ވޮލީ ޓީމުން ޖާގަ ހޯދާފައިވާ ލޯންގޭ ވަނީ 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ޤައުމީ ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ލޯންގޭ ބުނީ ރިޓަޔަރ ކުރަން ޖެހޭތީ ވަރަށްދެރަވާ ކަމަށާއި މެދު ނުކެނޑި މިހާގިނަދުވަހު ޤައުމީ ޓީމަށް ކުޅުމަށްފަހު ޖާރޒީ ބާލަން ޖެހޭތީ ހިތާމަކުރާ ކަމަށެވެ.

ވ. ކެޔޮދޫއަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ ބުނީ ރިޓަޔަރ ކުރުމަކީވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި މިއީ އެކަމަށް އެންމެރަނގަޅު ވަގުތުކަމަށްދެކޭ ކަމަށެވެ.

"މި ނިންމުމަކީ ޓީމަށާ އަހަންނަށްވެސް ފައިދާ ކުރާނެ ނިންމުމެއް ކަމަށް ދެކެން. އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ލިބެން ޖެހޭ" ލޯންގޭ ބުންޏެވެ.

ލޯންގޭގެ މި ނިންމުމާއިގުޅޭގޮތުން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ލޯންގޭ ޤައުމީ ޓީމުން ރިޓަޔަރ ކުރުމަކީ ޓީމަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

އެހެންނަމަވެސް ޓީމުގެ ކޯޗިންގ ސްކޮޑުން ލޯންގޭ ފެނުމަކީ ވަރަށްބޮޑަށް ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ.

ރޭގެ މެޗަށްފަހު ލޯންގޭ ކުޅުން ހުއްޓާލާކަން އިޢުލާނުކުރުމުން އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ޝިލްޑެއް ދީފައެވެ. މި ޝިލްޑް ލޯންގޭއާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. އަދި ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ލޯންގޭ ކުޅުނު ޖާރޒީގައި ރައީސް ސާލިހު ވަނީ ސޮއިކުރައްވާފައެވެ.

 

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މުހައްމަދު އަފްރާޙް