އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލުޠްފީއަށް ލިބޭ މުސާރައިން އަމިއްލަ ދިރިއުޅުމަށް ޚަރަދު ކުރިތޯ؟ ނުކުރާނަމަ ޚަރަދުނުކޮށް ދިރިއުޅުނީވެސް ބައަކު ބިރު ދައްކާތީތޯ؟

ލުޠްފީއަށް ލިބޭ މުސާރައިން އަމިއްލަ ދިރިއުޅުމަށް ޚަރަދު ކުރިތޯ؟ ނުކުރާނަމަ ޚަރަދުނުކޮށް ދިރިއުޅުނީވެސް ބައަކު ބިރު ދައްކާތީތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

އޭސީސީގެ ރައީސްކަން ކުރެއްވި ޙަސަން ލުޠްފީ އަށް ލިބިވަޑައިގަންނަވާ މުސާރައިން އަމިއްލަފުޅު ދިރިއުޅުއްވުމަށް އެއްވެސް ޚަރަދެއް ކުރެއްވިތޯ އާއި ނުކުރައްވާނަމަ ޚަރަދު ނުކުރައްވައި ދިރިއުޅުއްވައި އަދި އަނބިދަރިން މެލޭސިޔާގައި ބައިތިއްބަވައިގެން ދަރިންނަށް ކިޔަވައިދެއްވީވެސް ބައަކު ނުވަތަ މީހަކު އިންޒާރުދީ ބިރުދައްކާތީތޯ ބަލައިލަން އެބަޖެހޭ ނޫން ހެއްޔެވެ؟   

މިކަން ޔަޤީން ކުރަން ތަޙްޤީޤީ އިދާރާތަކުން ލުޠްފީގެ އަމިއްލަފުޅު އެކައުންޓް ބައްލަވާށެވެ! މުސާރައިން އެއްވެސް ޚަރަދެއް ކުރައްވާފައިވޭތޯއެވެ؟ އެތައް މަހެއް ކުރައްވާފައި އިންވެސްޓް ކުރެއްވީ ތަފާތު ވިޔަފާރިތަކަށް ނޫންތޯ ވެސް ހަމަ ބަލައިލުން ރަނގަޅު ކަންކަމެވެ. 

މީގެ އިތުރުން ރައީސް ޔާމީނުގެ މައްސަލަތައް ތަޙްޤީޤް ނުކުރައްވައި ފައިލްކުރައްވާފައި ބެހެއްޓެވީ ކީއްވެގެންތޯ އާއި އަނބިކަނބަލުންނަށް މެލޭސިޔާގައި ހުންނަ ދިވެހި އެމްބަސީން ސިޔާސީ މަޤާމެއް ލިބިވަޑައިގަތީވެސް އެކަމަނާއަށް ބައަކު ބިރު ދައްކާތީތޯވެސް ބަލައިލަން ނުޖެހޭތޯއެވެ؟  

މިކަންކަން ރަނގަޅަށް ބަލައި ތަޙްޤީޤް ކުރުމުން ރައީސް ޔާމީނުގެ މައްސަލަތައް ނުބަލައި ފައިލްކޮށް، އެއްވެސް ފިޔަވަޅެއް ނުއަޅައި ބާއްވާފައި އޮތް ސަބަބު ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ.

1 ފެބްރުވަރީގެ އަމުރާއި ގުޅިގެން ފަނޑިޔާރު ޢަލީ ހަމީދާއި ދެކޮޅަށް ލުޠްފީ ދެއްވި ބަޔާނުގައި ޢަލީ ޙަމީދު މެލޭސިޔާއިން ގެއެއް ބައްލަވައިގަންނަވަން އުޅުއްވި ވާހަކަ ވިދާޅުވެފައިވާއިރު ލުޠްފީ ވެސް ގެއްއެއް ބައްލަވައިގަންނަވަން އުޅުއްވިކަން ނުވަތަ ނޫންކަން ބަލައިލުމަކީވެސް މައްސަލައިގެ ތަޙްޤީޤް ފުރިހަމަކުރުމަށް ކުރަން ޖެހޭ ކަމެއްކަން ފާހަގަކުރަމެވެ. 

(މިއި މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ވަރަށް އިތުބާރު ކުރެވޭ ބައެއް ބޭކަލުން މިއަދުނޫހާއި ހިއްޞާ ކުރެއްވި މައުލޫމާތުގެ މައްޗަށް ލިފައިވާ ލިޔުމެކެވެ.)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


22%
ވ.ރަނގަޅު
8%
ރަނގަޅު
25%
އޯކޭ
42%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް