އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މިއީ ކުށުގެ ރެކޯޑް ފޮހެލަން ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތަކެވެ!: ޝައިޚް އިލްޔާސް

މިއީ ކުށުގެ ރެކޯޑް ފޮހެލަން ގަދައަޅައި މަސައްކަތްކުރަންވީ ދުވަސްތަކެވެ!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ބަރަކާތުން ފުރިގެންވާ ޙައްޖު މަހުގެ ފުރަތަމަ 10 ދުވަސް އަހަރެމެންނާއި ބައްދަލުކޮށްފައިވާއިރު އެދުވަސްތަކުގައި ކުރުން އެންމެ މުހިންމު އެއް ކަމަކީ ކުރެވިފައިވާ ކުށްފާފަތަކަށް ވީހައި ގިނަގިނައިން ތައުބާވުމެވެ. ފާފަތައް ފުއްސަވައިދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!  ކިތަންމެ ގިނަ ކުށްފާފަތަކެއް ކުރެވިފައިވީނަމަވެސް ﷲ ތަޢާލާ އިރާދަފުޅު ކުރައްވަވައިފި އަޅަކަށް ފުއްސަވައި ދެއްވަވާނެތެވެ. 

މީސްތަކުން ކުރާ ކުށުގެ ރެކޯޑް އެކުގައި ފޮހެލައްވަވައި ދެއްވަވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެހެން ހުރިހާ ފަރާތަކުން ކުށުގެ އަދަބު ލިބި ނިމުމުންވެސް ކުށުގެ ރެކޯޑް  ފޮތްތަކުގައި ލިޔެ ދަމަހައްޓައެވެ. ރަސޫލް (ޞޢވ) ޙަދީޘްފުޅުގައި ވަނީ ފާފަތަކުން ތައުބާވާ މީހާ ކުށެއް ނުކުރާ މީހެއް ފަދަ ކަމަށެވެ. 

ރަސޫލް (ޞޢވ) ޙައްޖު މަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިއްޕެވިކަން ސާބިތެވެ. އެހެންނަމަވެސް އެއީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެއް ނޫނެވެ. ވާޖިބެއް ނޫން ނަމަވެސް އެއީ މުޞްތަޙައްބުވެގެންވާ ކަމެވެ. އެހެނީ ރޯދަ ހިފުމަކީ މީހާ ކުރާ އަޅުކަމުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު އަޅުކަމެވެ. 

ވީމާ މި 10 ދުވަހު ކުރާ ހެޔޮ އަމަލުތައް ގިނަކުރުމުގެ ގޮތުން ވީހައި ގިނައިން ރޯދަހިފާށެވެ! ކީރިތި ޤްރުއާން ކިޔަވާސެވެ! ޞަދަޤާތް ދޭށެވެ. އެނޫންވެސް ހެޔޮ އަމަލުތައް ކުރާށެވެ! 

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ވިދާޅުވި ޚުޠުބާއިން 

ވީޑިއޯ: 

އާރޓިކަލް ރޭޓްކުރައްވާ


36%
ވ.ރަނގަޅު
27%
ރަނގަޅު
0%
އޯކޭ
36%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް