އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޢީދާ ގުޅިގެން ބާއްވާ މިޔުޒިކް ޝޯތަކަކީ އިބިލީހުގެ ބަދަލު ހިފުމެއް! ކޯފާއަށް ބިރުވެތިވޭ!: ޝައިޚް އިލްޔާސް

ޢީދާ ގުޅިގެން ބާއްވާ މިޔުޒިކް ޝޯތަކަކީ އިބިލީހުގެ ބަދަލު ހިފުމެއް! ކޯފާއަށް ބިރުވެތިވޭ!: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ޛުލްޙައްޖާ މަހުގެ 9 ވަނަ ދުވަހަކީ މުޅިން ތަފާތު ދުވަހެކެވެ. އިރު އަރައި އޮއްސޭ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. ދުނިޔޭގެ ކަންކޮޅުތަކުން އެތައް މިލިއަން ބައަކު ފުއްސެވުމާއި ދިންނެވުން ޢަރަފާތު ބިމަށް ޖަމާވާ ދުވަހެވެ. މީސްތަކުން ޖަމާވުމުން ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލުކޮޅުގައިވެސް ފަޚުރުވެރިވެވޮޑިގަތުމާއިއެކު "އެއީ ކޮންކަމަކު އެއްވެ ތިބި ބައެއްތޯ؟ އެމީހުން ބޭނުންވަނީ ކޮން ކަމެއްތޯ؟" ﷲ ތަޢާލާ މަލާއިކަތުންނާއި ސުވާލުކުރައްވަވާނެތެވެ. 

އެއީ މީސްތަކުން ޚަލްޤްކުރެއްވެވުމަށް ﷲ ތައާލާ އިރާދަފުޅު ކުރއްވަވައި މަލާއިކަތް ބޭކަލުންނަށް ދެންނެވުމުން މަލާއިކަތް ބޭކަލުން ދެއްވެވި ޖަވާބުގެ ސަބަބުންނެވެ. 

"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއިއެކު  ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް ތަޤްދީސް ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބައަަކު އިނބަރަސްކަލާނގެ އެ ބިމުގައި ލައްވަވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިއަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." (ބަޤަރާ: 30) 

އެހިނދު އެމީހުން އެދެނީ ސުވަރުގެ ލިބުމަށާއި ނަރަކައިން ސަލާމަތްވުމަށް ކަމަށް މަލާއިކަތުން ދެންނެވުމުން ﷲ ތަޢާލާ މަލާއިކަތްބޭކަލުން ހެކިކުރައްވަވައި އެ އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. 

ޛޫލްޙައްޖާމަހުގެ 10 ވަނަ ދުވަސް ޢީދު ދުވަހުގެ ގޮތުގައި އަންނަނީ މިޝަރަފް މުސްލިމުންނަށް ޛުލްޙައްޖާ މަހުގެ 9 ވަނަ ދުވަހު ލިބިގެން ދިއުމުންނެވެ. 

މިޝަރަފު މުސްލިމުންނަށް ލިބި 9 ވަނަ ދުވަސް، ޢަރަފާތު ދުވަހު އިބިލީސް ރެވިފުކެއްގެ މިންވަރަށް ކުޑަވެގެންދާތީ 10 ވަނަ ދުވަހު އިބިލީސް ނުކުންނަނީ އެކަމުގެ ބަދަލު ހިފުމަށެވެ. 9 ވަނަ ދުވަހު ލިބުނު ނިކަމެތި ކަމުގެ ބަދަލު ހިފުމަށެވެ. "އެދުވަހު އެމާތް ބިމުގައި ލިބުނު އެ މަތިވެރި ޝަރަފް ފޭރިގަތުމަށްޓަކާ ޝައިޠާނާ ޖެހި ދަންތުރައިގަ އަޅުގަނޑުމެން މިވަނީ ޖެހިފަ. އެހެންކަމުން މިއަދު މިމަޤާމްގައި ހުއްޓިހުރެގެން މިފަދަ މަތިވެރި ޝަރަފެއް ދެއްވެވީމަ އެ ޝަރަފަށް ފުރަގަސްދިނުމަށްޓަކައި މިޔުޒިކް ޝޯ އާ ޑާންސާ ބޭރުން މީހުން ގެނެސް ޙަރާމް ގޮތުގް ރުފިޔާ ހޭދަކުރުން ހުއްޓާލުމަށް އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ލޮބުވެތި އަޚުންނާ އުޚުތުންނަށާ ކަންކަމާ ޙަވާލުވެތިބި ހުރިހާ ފަރާތަތްކަށް ވަޞިއްޔަތްކުރަން. ނަޞޭހަތްތެރިވަން. ﷲ ގެ ޢަޛާބް އަންނާނީ ކޮންގަޑިއަކު ކޮން ގޮތަކަށްކަން ހަމައެކަކަށްވެސް ނޭނގޭނެ." 

ﷲ ތަޢާލާ ވަޙީ ކުރއްވަވާފައިވަނީ ތިއަބައިމީހުން ނިޢްމަތްތަކަށް ޝުކުރުކޮށްފިނަމަ ނިޢްމަތްތައް އިތުރުކޮށްދެއްވަވާނެ ކަމަށެވެ. 

"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރު ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޛާބް ގަދަފަދަވެގެންވާކަން ކަށަވަރެވެ." (އިބްރާހީމް: 7) 

ﷲ ތަޢާލާގެ ކޯފާ އާ ޢަޛާބް އަތުވެއްޖެ ނަމަ އެއްވެސް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.  

- ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މިއަދު ދެއްވި ޚުޠުބާއިން 

ވީޑިއޯ: 

އާރޓިކަލް ރޭޓްކުރައްވާ


19%
ވ.ރަނގަޅު
15%
ރަނގަޅު
26%
އޯކޭ
38%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް