އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ސަލްޓަން ޕާކާ ރަސްރަނި ބަގީޗާ! 2 ނަން ދިރާސާކޮށްލަމާ!

ސަލްޓަން ޕާކާ ރަސްރަނި ބަގީޗާ! 2 ނަން ދިރާސާކޮށްލަމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ރާއްޖޭގައި ރަސްކަން ކުރި ގަނޑުވަރު ތަޅައިލުމަށްފަހު އެތަނުގައި ހެދި ޕާކަށް ސަލްޓަން ޕާކް ކިޔަމުން އައީ "ސުލްޠޯން" އިނގިރޭސި ބަހަށް ބަދަލުކޮށްގެންނެވެ. "ސުލްޠޯން" އެއީ ރަސްކަލުންގެ ނަންފުޅުތަކުގެ ކުރިއަށްލަމުން އަންނަ ޝަރަފެކެވެ. ރަނިކަން ކުރެއްވި ބޭކަނބަލުންގެ ނަންފުޅުގެ ކުރިއަށް ލާ ޝަރަފަކީ "ސުލްޠޯނާ"އެވެ. އިނިގިރޭސިބަހުން ކިޔާއިރު ސަލްޓާނާ އެއް ނުކިޔައެވެ. 

ސުލްޠޯން ނުވަތަ ސަލްޓަންއަށް ބަލައިފިނަމަ އެނަން ބޭނުންކުރަން ފެށިފައިވަނީ ތުރުކީގައި ވެރިކަން ކުރެއްވި އިސްލާމީ ރަސްކަލުންގެ ނަންފުޅުތަކުގެ ކުރި އަށް ބޭނުންކުރަން ފެށުމުންނެވެ. ސަލްޓަނަގެ މާނައަށް ބަލައިފިނަމަ އެއީ މޭބިސްކަދުރުގެ ބާވަތެކެވެ. 

"ރަސްރަނި" މި ބަހުގެ މާނައަށް ބަލާއިރު ދިވެހި ބަހުގެ ރަދީފްގައި 2 މާނައެއް އޮވެއެވެ.  (1) ރަސްރަސްކަލުންނާއި ރަނިކަނބަލުންނަށް ކުރުކޮށް ކިޔާގޮތް. (2) މަޖާޒު: ރީތި އަންހެނުން. 

ރާއްޖޭގެ ފެންނަން ހުރި ތާރީޚީ ފޮތްތަކުން އެނގެންހުރި މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްކަލުންގެ އަދަދާއި އަޅައިބަލާއިރު ރާއްޖޭގައި ރަނިކަން ކުރެއްވި ބޭކަނބަލުންގެ އަދަދު ވަރަށް މަދެވެ. ޖުމުލަ 89 ރަސްކަލުން ރަސްކަން ކުރެއްވިއިރު އަދި 3 ބޭކަނބަލަކު ރަނިކަން ކުރެއްވިކަމަށް ބެލެވޭއިރު ސީދާ ރަނިކަން ކުރެއްވިކަން އެނގެނީ ހަމައެކަނި ރެހެންދި ޚަދީޖާ ކަމަށް ބެލެވެއެވެ. 

"ރަސްރަނި"މިނަމުގައި ރަސްކަލުންނާއި ރަނިކަނބަލުން ހިމެނުނު ނަމަވެސް "ރަސްރަނި" ގެ ދެވަނަ މާނައިގައި މަޖާޒީ މާނައެއްގެ ގޮތުން ނަމަވެސް ސީދާ "ރީތި އަންހެނުން" އޮތުމުން އެނަން ބޮޑަށް ނިޞްބަތްވާ ކަމަށް ބެލެވެނީ އަންހެނުންނަށެވެ. މިކަންކަމަށް ބަލާއިރު ކިޔަން އެންމެ އެކަށީގެންވަނީ ސަލްޓަން ޕާކް ހެއްޔެވެ؟ ނޫނީ ރަސްރަނި ބަގީޗާ ހެއްޔެވެ؟

އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
15%
ރަނގަޅު
13%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
އަބްދުއްލަތީފް