އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ދެ އަންބަށް އިންނައިރު ދަރިންނަށް ބަރާބަރަށް ޚަރަދު ކުރޭތޯ ބެލުމަށް ދޮށީ އަނބިމީހާގެ ބަޔާނެއް ހޯދަންޖެހޭނެ: ސުޕްރީމް ކޯޓް

ދެ އަންބަށް އިންނައިރު ދަރިންނަށް ބަރާބަރަށް ޚަރަދު ކުރޭތޯ ބެލުމަށް ދޮށީ އަނބިމީހާގެ ބަޔާނެއް ހޯދަންޖެހޭނެ: ސުޕްރީމް ކޯޓް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ދެ އަންބަށް އިންނައިރު ދަރިންނަށް ބަރާބަރަށް ޚަރަދު ކުރޭތޯ ބެލުމަށް ދޮށީ އަނބިމީހާގެ ބަޔާނެއް ހޯދަންޖެހޭނެކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށް ދިނުމުގެ ކުރިން، އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަކީ ކޯޓުތަކުން ކުރިން އަމަލުކުރި އުސޫލެއް ކަމަށް ވިޔަސް، ފަހަކަށް އައިސް ބައެއް ކޯޓުތަކުން އަނބިމީހާގެ ބަޔާން ނުނަގައި، ދެ އަންބަށް ކައިވެނިކޮށްދޭ ކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ ކައިވެނިތައް މީގެފަހުން ކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް އެ މީހަކު ޚަރަދު ކުރޭތޯ ބެލުމަށްޓަކައި އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނަގަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި، ނެރުއްވި އެ ސާކިއުލާގައިވެއެވެ.

މީގެ ފަހުން ދެ އަންބަށް އިންނައިރު ދޮށީ އަނބިމީހާގެ ބަޔާން ނުނަގައި ކައިވެނި ނުކުރެވޭނެކަން ސުޕްރީމް ކޯޓުގެ މިސާކިއުލާއިން ބުނެއެވެ.

އާރޓިކަލް ރޭޓްކުރައްވާ


25%
ވ.ރަނގަޅު
0%
ރަނގަޅު
25%
އޯކޭ
50%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު