އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ޤައުމަށް ފައިދާކުރާނެ ގޮތަށް ސަރުކާރުން ގެންނަ ކޮންމެ ބަދަލެއްގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެ!: ޤާސިމް

ޤައުމަށް ފައިދާކުރާނެ ގޮތަށް ސަރުކާރުން ގެންނަ ކޮންމެ ބަދަލެއްގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެ!: ޤާސިމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ޤައުމަށް ފައިދާކުރާނެ ގޮތަށް ސަރުކާރުން ގެންނަ ކޮންމެ ބަދަލެއްގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް ކުރާނެ ކަމަށާއި އެކަމަށް ރައްޔިތުން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިޔާސަތުތައް އަބަދުވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށެވެ. ސިޔާސަތުތައް ބަދަލުކުރަނީ ވެސް ސަރުކާރުން ކަމަށެވެ. އެހެންކަމުން މަސްވެރިކަމުގެ ސިޔާސަތަށް ސަރުކާރުން މިހާރު ގެންނަން މަސައްކަތްކުރާ ބަދަލުގެ ސަބަބުން ނަމަވެސް ޤައުމަށް ކުރާ ފައިދާ އިތުރުވާނަމަ އެކަމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

ސަރުކާރުން އެތޔައް ބިލިއަން ރުފިޔާއެއް އިންވެސްޓްކުރުމުން ވެސް އަބަދުވެސް ދަރަނިން ސަލާމަތް ނުވެގެން އުޅޭ މިފްކޯއިން މަސްވެރިންނަށް ފޯރުކޮސްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށް ނުދެވޭކަން މިއަދުވެސް އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ވަނީ ފާހަގަކުރައްވައިފައެވެ. ާސިމް އިބްރާހީމް ވަނީ ސަރުކާރުން ޢާންމުކޮށް ހުޅުވައިލި ފުރުޞަތުގެ ތެރެއިން ވިލާ ގްރޫޕުން ބިޑްކޮށް، ކާމިޔާބުކުރި ފުރުޞަތުގެ ތެރެއިން މަސްވެރިކަމުގެ ސިނާއަތަށް ހޯދައިދީފައިވާ ބައެއް ކުރިއެރުންތައްވެސް ފާހަގަކުރައްވައިފައެވެ. އަދި އެމްޑީޕީހގެ ބައެއް މެންބަރުން މަޖިލީހުގައި އެއްވެސް ޙައްޤެއް ނެތި އެމަނިކުފާނަށް އަމާޒުކުރަމުން ގެންދިއަ ކަންކަމުގެ ހަޤީޤަތްވެސް ވަނީ އޮޅުންފިލުއްވައި ދެއްވައިފައެވެ.

"ރާއްޖޭގެ ސަރުކާރުން ރާއްޖޭގެ 4 ސަރަހައްދެއްގެ މަސް ގަތުމަށް ފުރުޞަތު ހުޅުވައިލުމުން ބިޑް ހުށަހަޅައިގެން އެއިން ސަރަހައްދެއްގެ ބިޑް ކާމިޔާބުކުރެވިފައި އޮތުމަކީ ވިލާ ގްރޫޕުން ކުރި ކުށެއްތޯ؟ އަދި މަސްވެރިންނަށްޓަކައި، މަސްވެރިކަމުގެ ސިނާއަތަށްޓަކައި 180 މިލިއަންޑޮލަރުވަރު ޚަރަދުކޮށްފައިވުމަކީ ކުރި ކުށެއްތޯ؟ ނުވަތަ މަސްވެރިކަން ކުރިއަރުވަން ކުރި ޚިދުމަތެއްތޯ؟ ނޫނީ ވެފައިވާ ޤްރުބާނީއެއްތޯ؟"

ޤާސިމް އިބްރާހީމް ވިދާޅުވީ މަސްވެރިންނަށް ރަނގަޅު އަގު ދިނުމަށް މިފްކޯއިން ކުރާ ހޭދަ ފޫބައްދަން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެތައް ސަތޭކަ މިލިއަން ރުފިޔާ ހޭދަކުރާ ފަދައިން މަސްގަންނަ އެހެން ކުންފުނިތަކުންވެސް ގެންދަނީ ހޭދަކުރަމުން ކަމަށެވެ. އަދި މިފްކޯ އުފައްދައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު އެތައް ސަތާކަ މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް އޮތީ މަސްވެރިން ބާނާ މަސްކޮޅު ކިރައި ނުލެވިގެން ކަނޑަށް އަޅަން ޖެހޭ ޙާލަތުގައި ކަމަށެވެ. ނަމަވެސް ވިލާ ގްރޫޕުން މަސްގަންނަން ފެށިފަހުން އެގޮތަށް މަސްތައް ކަނޑަށް އުކަން ޖެހިފައި ނުވާނެ ކަމަށެވެ

އާރޓިކަލް ރޭޓްކުރައްވާ


50%
ވ.ރަނގަޅު
50%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް