އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ފުވައްމުލަކާއި އައްޑޫސިޓީއަށް ޔެލޯ އެލާރޓް ނެރެފި!

ފުވައްމުލަކާއި އައްޑޫސިޓީއަށް ޔެލޯ އެލާރޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 14 ސިކުންތު

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ދެކުނުގެ ދެ ސިޓީއަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

އެގޮތުން މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި އެދެސަރަޙައްދަށް ގުގުރުމާއެކު، ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު ހަވީރު 16:50 ން މިރޭ 19:50 އަށެވެ. 

ޔެލޯ އެލާރޓް ނެރުމުން، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:

· ކަނޑު ދަތުރު ކުރުމުގަ ސަމާލުވުން.

· ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުޢާސަލާތީ ވަސީލަތްތައް ހަމަކުރުން.

· ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތްތަކަށް ތައްޔާރުވުން.

· ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ، ގެއިން ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.

· ފެންޖެހި ހަލާކުވާނެފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.

· އަލަށް އިމާރާތްކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

· މޫސުމާއި ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސާމާލުވުން.

އާރޓިކަލް ރޭޓްކުރައްވާ


33%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
66%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ