އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

މާލެ އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފި!

މާލެ އަތޮޅުން ލ. އަތޮޅަށް ޔެލޯ އެލާރޓް ނެރެފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 24 ސިކުންތު

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ޔެލޯ އެލާރޓް ނެރެފިއެވެ.

މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ޔެލޯ އެލާރޓް ނެރެފައިވަނީ މާލެ އަތޮޅުން ލ. އަތޮޅަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.

ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު މެންދުރު 13:15 އިން ފެށިގެން ހަވީރު 16:00 އާއި ހަމަައަށެވެ.

 

ޔެލޯ އެލާރޓް ނެރުމުން، ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް:

·        ކަނޑު ދަތުރު ކުރުމުގައި ސަމާލުވުން.

·        ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދާ، އުޅަނދުގައި މުޢާސަލާތީ ވަސީލަތްތައް ހަމަކުރުން.

·        ކޮޅިގަނޑުގައި އަންނަ ގަދަ ވަޔަށް ސަމާލުވެ، ޚާއްސަކޮށް ދެރަކޮށް ހެދިފައި ހުންނަ އިމާރާތްތަކާއި ގެދޮރުގައި ހުންނަ ފުރާޅުފަދަ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

·        ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެފަދަ ހާލަތްތަކަށް ތައްޔާރުވުން.

·        ގެއަށް ފެންވަދެފާނެ ކަމުގައިވާނަމަ ގެއިން ބޭރުގައި ވެލިބަސްތާފަދަ ތަކެތި ޖައްސައިގެން ގެއަށް ފެން ނުވަންނާނެ ފިޔަވަޅުތައް އެޅުން.

·        ފެންޖެހި ހަލާކުވާނެފަދަ މުދަލާއި ތަކެތި ފެނުގެ އަސަރު ނުފޯރާނެފަދަ ތަންތަނަށް ބަދަލުކުރުން.

·        އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން.

·        މޫސުމާއި ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ރައްޔިތުން ސަމާލުވުން.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
100%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް
މަރިޔަމް ވަހީދާ