އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ދުނިޔޭގެ ކުޅިވަރު މުނިފޫހިފިލުވުން ފޮޓޯ ގެލެރީ އިޢުލާން ސާރޗް

ބާ ކައުންސިލުގެ މެންބަރުންނާ ރައީސު ބައްދަލުކުރައްވައިފި

ބާ ކައުންސިލުގެ މެންބަރުންނާ ރައީސު ބައްދަލުކުރައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު

އަލަށް އިންތިޚާބުވި ބާ ކައުންސިލުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބާ ކައުންސިލު އުފެދިގެން ދިއުމަކީ ޤާނޫނީ އަދި ޝަރުޢީ ދާއިރާ އިސްލާޙުކޮށް ތަރައްޤީ ކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން މިއީ ޤާނޫނީ އަދި ޝަރުއީ ދާއިރާއަށް އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާ ކައުންސިލުގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށްގެންދިއުމަށް ބޭނުންވާ އެއްބާރުލެއްވުމާއި އެހީތެރިކަން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލު މެންބަރުންނަށް އެރުވިއެވެ.

މި ބައްދަލުވުމުގައި ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު މައުމޫން ޙަމީދާއި ނައިބު ރައީސް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒާއި ދައުލަތުގެ އެޓާނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ބާ ކައުންސިލުގެ މެންބަރުންކަމުގައިވާ އަލްއުސްތާޛު އަޙްމަދު މުޢިއްޒާއި އަލްއުސްތާޛާ އަނާރާ ނަޢީމާއި އަލްއުސްތާޛާ އާއިޝާ ސުޖޫން މުޙައްމަދާއި އަލްއުސްތާޛް އަނަސް ޢަބުދުއްސައްތާރާއި އަލްއުސްތާޛް މުޙައްމަދު ފައިޞަލާއި އަލްއުސްތާޛް މުޙައްމަދު އަޞީލް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ބާ ކައުންސިލުގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ އެ ކައުންސިލުގެ މެންބަރުންނާ ބައްދަލުކޮށްލެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. 
 

އާރޓިކަލް ރޭޓްކުރައްވާ


100%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު